17 ނޮވެމްބަރ 2024
ފފއއ. ތޮއްޑޫގެ ރިދަން އެކަޑަމީން ބޭއްވި 16 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެކަޑަމީން ހޯދައިފި އެވެ.
ފފއއ. ތޮއްޑޫގެ ރިދަން އެކަޑަމީން ބޭއްވި 16 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެކަޑަމީން ހޯދައިފި އެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލު މެޗު، ސަސްގެ އެކަޑަމީން ކާމިޔާބު ކުރީ ބީޖީ ސްޕޯޓްސް އެކަޑަމީގެ މައްޗަށް 3-0 މޮޅުވެގެންނެވެ.
ސަސްގެ އައިދާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ޝަޔާން އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ޝަޔާން އެވެ.
އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ބީޖީ އެކަޑަމީގެ މުހައްމަދު ޝިބާން އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ސަސްގެ އަލީ ހައިޒުމް ހަސަން އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ބީޖީގެ އިބްރާހިމް އަޔާން އެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ އާޖީލަކަށް އެކަޑަމީގެ އާއިދު މުހައްމަދެވެ.
މުބާރާތުގެ އިންޑަވިޖުއަލް އެވޯޑް ހޯދި ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން ފޮޓޯ: ރިދަން އެކަޑަމީ
އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދީ ސަސްގެ އާކިފް ބިން މުހައްމަދެވެ. އޭނާ ވަނީ ފަސް ގޯލް ޖަހައިފަ އެވެ.
ސަސްގެ 16 އަހަރުންދަށުގެ މި ޓީމުން ވަނީ، ސެޕްޓެމްބަރު މަހު މެލޭޝިއާގައި ބޭއްވި ލަލީގާ ޔޫތު މުބާރާތުން ތިންވަނަ ހޯދައިފަ އެވެ.
ސޮކަ ވެޓަރަންސުން މި މަހު ބޭއްވި 14 އަހަރުންދަށުގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ސަސްއިންނެވެ.
ތޮއްޑޫ ރިދަން ސްޕޯޓްސް އެކަޑަމީން ބޭއްވި މުބާރާތުގައި ހަ އެކަޑަމީއަކުން ވާދަކުރި އެވެ. އެއީ ރިދަން އެކަޑަމީ ޓީމުގެ އިތުރުން ސަސް އާއި ބީޖީ އާއި އާޖީލަކަށް އެކަޑަމީ މާފުށީ ނިއު ސްޓާ އެކަޑަމީގެ ޓީމެވެ.
14 އަހަރުންދަށުގެ އެކަޑަމީ ޗެމްޕިއަންކަން ސަސް އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ސަސް އެކަޑަމީގެ ދެ ޓީމެއް ތައިލެންޑް މުބާރާތަށް
ލަލީގާ ޔޫތު މުބާރާތަށް އާޖީލަކަށް އަދި ސަސް ފުރައިފި
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި