އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަ ނުކުރަން ނިންމާފައި ވާތީވެ، އެ މެޗުގައި ދެން ވާދަކުރަން އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް މުބާރާތުގެ ތިން ވަނަ ލިބިއްޖެ އެވެ.
20 އޯގަސްޓް 2022
އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަ ނުކުރަން ނިންމާފައި ވާތީވެ، އެ މެޗުގައި ދެން ވާދަކުރަން އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް މުބާރާތުގެ ތިން ވަނަ ލިބިއްޖެ އެވެ.
މެދުކެނޑުމަކަށް ފަހު ކުރިއަށްދާ މި އަހަރުގެ އެފްއޭ ކަޕުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހުގެ ހަވީރެވެ. ނަމަވެސް އެ މެޗުގައި ސަސް ވާދަ ނުކުރަން ނިންމާފައި ވާކަން އެ ޓީމުގެ މެނޭޖްމަންޓުން ރަސްމީކޮށް އެފްއޭއެމަށް އަންގާފައި ވާތީވެ، އެ މެޗުން ސަސް ބަލިވީ ކަމަށް ބަލައި، ގްރީން ސްޓްރީޓްސް އަށް މުބާރާތުގެ ތިން ވަނަ ދޭން ނިންމީ އެވެ.
މީގެ އިތުރުން މުބާރާތް ފެށުމަށް ފަހު އެއްވެސް ޓީމަކަށް މުބާރާތުން ވަކިނުވެވޭނެތީވެ، ސަސް އިން މިފަދަ ނިންމުމެއް ނިންމާފައި ވާތީވެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެފްއޭއެމުން ބުނެފައި ވެއެވެ.
ސަސް އާއި ގްރީން ސްޓްރީޓްސް މި ސީޒަނުގައި ހަތަރު ފަހަރު ބައްދަލު ކޮށްފައި ވާއިރު، ސަސް ވަނީ އެއް މެޗުން މޮޅު ވެފަ އެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރި މެޗުގަ އެވެ. ނަމަވެސް ޕްރެޒިޑެންޓްސް ކަޕާއި، ލީގުގެ ފަހު ދެ ބުރުގައި ކުޅުނު މެޗު ވެސް ގްރީން ސްޓްރީޓްސް ވަނީ ކާމިޔާބު ކޮށްފަ އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ކްލަބް ވެލެންސިއާ އެވެ.
ގްރީން ސްޓްރީޓްސް އަށް މެޑެލް ހަވާލުކުރާނީ ފައިނަލް މެޗަށް ފަހު ކުރިއަށް ގެންދާ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ދެވަނަ ޑިވިޝަން މުބާރާތުގައި 2020 ވަނަ އަހަރުގެ ދެ ވަނަ ހޯދައިގެން ޕްރިމިއާ ލީގުގައި ކުޅެން ފެށި ސަސް މި ސީޒަނުގެ ލީގު ނިންމާލީ ހަތް ވަނައިގަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަސް އިން އެފްއޭ ކަޕް މެޗު ނުކުޅޭން ނިންމީ، ކޮލިފައިން ވެސް ކުރިއަށް އޮވެފައި، މަދު ކުޅުންތެރިން ކޮޅަކާ އެކު ގާތްގާތުގައި ގިނަ މެޗުތައް ކުޅެން ތާވަލް ކުރެވިފައި ވުމުންނެވެ. އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގައި އޮވެވޭނީ، ކޮލިފައިންގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
ކޮލިފައިންގައި ސަސް އާއި ގްރާންޑޭ އަށް ކުޅެން ޖެހޭނީ މިއަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅުނު ބުރު ސްޕޯޓްސް ކުލަބާއި ކްލަބް ޓީނޭޖާ ދެކޮޅަށެވެ. ސަސްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ނުކުންނާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ގްރީން ބަލިކޮށް، ސަސް އަށް އުންމީދީ ފެށުމެއް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ޕެނަލްޓީގައި ސަސް ބަލިކޮށް ވެލެންސިއާ ފައިނަލަށް
އިތުރު ވަގުތުގައި ގްރީން ބަލިކޮށް މާޒިޔާ ފައިނަލަށް
10 ލަނޑުން ބިސްބުރު ބަލިކޮށް ސަސް ކުއާޓާ އަށް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
އީގަލްސްއަށް މޮޅެއް، ޔޫވީ ބަލިކޮށް ގްރީން ހަތަރަކަށް