18 އޯގަސްޓް 2022
އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ލަނޑުތަކުން، ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މާޒިޔާއިން ފައިނަލަށް ދަތުރުކޮށްފި އެވެ.
އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފުގައި ޖެހި ލަނޑުތަކުން، ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މާޒިޔާއިން ފައިނަލަށް ދަތުރުކޮށްފި އެވެ.
ސައްތައިން ސައްތަ ދިވެހި ޓީމެއް މެޗަށް ނެރުނު މާޒިޔާއިން ލިޑް ނަގައިފައި ވަނިކޮށް ގްރީން އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އެ ޓީމަށް ޖަހައި ދިނީ އަކުރަމް އަބްދުލް ގަނީ އެވެ. ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ހަތަރު ވަނަ މިނެޓްގައި މާޒިޔާއިން އުފެއްދި ހަމަލާ ގޯލް ކުރިމައްޗަށް ހުރަސް ވުމުން އަކުރަމް ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ކޮށްޕާލާފަ އެވެ. \
ގްރީންގެ ކީޕަރު ހަނީފް ސާގިބް އަށް އެ ބޯޅަ ސަލާމަތް ކުރަން އެއް ވެސް ފުރުސަތެއް ނުލިބުނެވެ.
ގްރީން އިން ނަތީޖާ ހަމަހަމަ ކުރީ ކެޕްޓަން ރިލްވާން ވަހީދު ހިލޭ ޖެހުމަކުން ވައްދާލި ލަނޑުންނެވެ. މާޒިޔާގެ އޭރިއާގެ ބޭރުން އެ ޓީމުގެ ޑިފެންޑަރުން ގްރީންގެ މުހައްމަދު ޖައިލަމް (އޮގީ) އަށް ފައުލު ކުރުމުން ލިބުނު ހިލޭ ޖެހުން ރިލްވާން ފޮނުވާލުމުން އެ ބޯޅަ މާޒިޔާގެ ކީޕަރު އަބްދުﷲ އިޔާން އަތުގައި ޖެހިފައި ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
މާޒިޔާގެ ކުޅުންތެރިންނާއެކު އެ ޓީމުގެ ވަގުތީ ކޯޗު އަހުމަދު ޝުޒައިރު (ކ) އުފާފާޅު ކުރަނީ: ލީގުގެ ފަހު ދެ މެޗުން ފެށިގެން މާޒިޔާ އަށް އިރުޝާދު ދެނީ އޭނާ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ނަތީޖާއިން މެޗުގެ ފުރިހަމަ ވަގަތު ހަމަހަމަ ވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް މާޒިޔާއިން ލަނޑު ޖެހި އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި މާޒިޔާ އަށް ލީޑް ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ފައިގެ އަރިމަތިން ދިން ބޯޅަ ހަމާޒް ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. ގްރީންގެ ޑިފެންޑަރު ފައި ދިއްކުރި ނަމަވެސް އޭނާ އަށް ބޯޅަ ދިފާއު ނުކުރެވެުނެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ވަގުތުގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުލެން ނުކުތް މޫސާ ޔާމީން (ޔާންބެ) އެވެ. އޭނާ އަށް ވެސް ބޯޅަ ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން ބޯޅަ ދިނީ އަސަދުﷲ އެވެ. އޭރިއާގެ ތެރޭގައި ހުރެފައި އަސަދުﷲ، ޔާމިން އަށް ބޯޅަ ދިނީ އޭނާ އަށް މާބޮޑަށް ފަހިވާ ގޮތަށް އޮތުމުންނެވެ. ޔާމީން ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވައްދައިލައިފަ އެވެ.
މިއަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި މާޒިޔާ އާ ވާދަކުރާނީ ދެވަނަ ސެމީ ފައިނަލުގައި މިރޭ ސުޕަ ޔުނައިތެޑް ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމެކެވެ.
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
އުއްމީދީ ޒުވާން ފޯވާޑް އިލާން މާޒިޔާ އަށް
ކްލަބްގެ ޓެކްނިކަލް އެނަލިސިސް ގޯހެއް ނޫން: މާޒިޔާ
މިކަހަލަ ހާލަތެއް ކުރިންދިމާނުވޭ: ޑުކަނޮވިޗް
މާޒިޔާގެ ކޯޗަކަށް ސާބިއާގެ ޑުކަނޮވިޗް
ކްލަބުން ބޭނުންނުވާނަމަ އެހެން ޓީމެއްގައި ތަށިނަގާނަން