Roadha Mihaaru
ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ތިން ދުވަސް

ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ކޯޓުން ތިން ދުވަސް ދީފި

17 އޯގަސްޓް 2022

އެއްޖިންސުން ގުޅުން ހިންގުމާއި އެކަން ފެތުރުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ އަބްދުﷲ ނަސީރަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައި އެކަން ތިން ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް އަންގަން އިއްޔެ އަމުރުކޮށްފި އެވެ.

ނަސީރުގެ ބަންދަށް ތިން ދުވަސް އިތުރުކޮށް ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ މި މުއްދަތު ދިނީ ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމި ގޮތެއް ޝަރީއަތަށް ހުށަހެޅުމަށް ކަމަށެވެ.

ނަސީރު ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު ދިވެހިންގެ އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި ދުވަސްވަރު ނަސީރުގެ ވީޑިއޯއެއް ވެސް އާންމުވުމާ އެކުގަ އެވެ. އެކަމަކު ނަސީރުގެ ވީޑިއޯ އަކީ ކުރީގެ ވީޑިއޯއެކެވެ. އާލަމްގީރުގެ މައްސަލައާ ނަސީރުގެ މައްސަލައާ ގުޅުމެއް ނެތެވެ.

އާލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގުކުރަމުން އަންނައިރު ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލާފައި ވާއިރު ބަންދުގައި މިހާރު ހުރީ އާލަމްގީރު އެކަންޏެވެ.