10 ނޮވެމްބަރ 2022
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ އަލަމްގީރްގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ އަލަމްގީރްގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރު ރެކޯޑްކުރި މައްސަލާގައި އަލަމްގީރްގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމަކާއި ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ.
މިއަދު އަނެއްކާވެސް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރު ހަ ދައުވާއެއް އަލަމްގީރްގެ މައްޗަށް ސާބިތުވުމުންނެވެ. އެ ހުރިހާ ދައުވާތަކަށް ވެސް އޭނާ ކޯޓުގައި އެއްބަސްވި އެވެ.
އަލަމްގީރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ބައެއް ދިވެހިންގެ މައްޗަށް ވެސް ކޯޓުން ވަނީ ކުރިން ހުކުމް އިއްވައިފަ އެވެ. އެގޮތުން ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ތިން މަހުގެ ގޭ ބަންދުގެ ހުކުމެއް އަދި ކަސްޓަމްސް އޮފިސަރާއި ފުލުހެއްގެ މައްޗަށް ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
އެ މައްސަލާގައި އިތުރު ދިވެހިންތަކެއް މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
އެއްޖިންސުން ގުޅުން ހިންގި ފުލުސްމީހާ ޖަލަށް
އެއް ޖިންސުން ގުޅުން ހިންގިކަމަށް އެއްބަސްވެއްޖެ
ދޮޅުލައްކަ ރުފިޔާގެ މުދާ އޮޅުވާލައިގެން ހޯދުމުން ޖަލަށް
މާރާމާރީއެއްގެ ވީޑިއޯ ގެއްލި، އެންމެން ސަލާމަތްވެއްޖެ
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
ފުލުހުންނަށް ނުބައި ނަމެއްދިނުމުން ހަ މަހަށް ގޭ ބަންދު
ފުލުހުންގެ އެންގުމަށް މަޑުނުކުރުމުން ޖޫރިމަނާއެއް
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން