ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށްލި އެކެއްގެ އަދަބު ބޮޑުކުރަން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށް، އެކަމަކު އޭނާގެ އަދަބުން އެއް މަސް ދުވަހުގެ މުއްދަތެއް އެ ކޯޓުން މިއަދު އުނިކޮށްފި އެވެ.
ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށްލި އެކެއްގެ އަދަބު ބޮޑުކުރަން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށް، އެކަމަކު އޭނާގެ އަދަބުން އެއް މަސް ދުވަހުގެ މުއްދަތެއް އެ ކޯޓުން މިއަދު އުނިކޮށްފި އެވެ.
ބަންގަލްދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކުރީގެ ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށްވާތީ އަދަބުގެ މިންވަރު މަތި ކުރުމަށް ފަހު އެވެ.
އަދަބު ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އޭނާ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަދަބުގެ މިންވަރު މަތިކުރަން ދަށު ކޯޓުން ނިންމި ނިިންމުން ރަނގަޅު ކަމަށެވެ. އެކަމަކު އަދަބުގެ މިންވަރު މަތިކުރި ގޮތް ގޯސް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށަށް އެއްބަސްވުމުން ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބަކަށް ކުޑަވާނެ އެވެ. އެއަށްފަހު ދަށު ކޯޓުން އޭނާ އަދަބު ބޮޑުކުރީ އަދަބުގެ ދެ ދަރަޖައިގެ ބަދަލުގައި އަދަބު ދެ ގުނަކޮށްގެން ކަމަށް ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް ގާނޫނުލް އުގޫބާތު އޮތްގޮތުން މަތިކުރެވޭނީ އަދަބުގެ ދެ ދަރަޖަ ކަމަށާއި އެގޮތަށް ދެ ދަރަޖަ މަތިކުރުމުން އޭނާއަށް ދެވޭނީ އެއް އަހަރަށް ޖަލަށްލުމުގެ އަދަބެއް ކަމަށް ހުކުމުގައިވެ އެވެ. އަދި އަދަބަށް ގެނައި ބަދަލާ އެކު، ކުރިން ތަންފީޒުކުރި މުއްދަތުން ވެސް އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ނިޔާޒެވެ.
އެ މައްސަލާގައި އަދަބު ކަނޑައެޅި ގޮތް ގޯސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ކުރިން ބުނެފައިވެ އެވެ.
އަލަމްގީރް ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގައި، އެ މަންޒަރު ވީޑިއޯ ރެކޯޑްކުރި މައްސަލާގައި އޭނާ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފި އެވެ. އެއީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ހަތް މަހަށް އަދި އޮރިޔާން ކާޑު އުފެއްދުމުން ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
މީހަކު މަރުވި އެކްސިޑެންޓްގައި ބަންދުކުރީ ރަނގަޅަށް
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން އެދެފި
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!