14 އޯގަސްޓް 2022
ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އެޅުމަށް 40 މިލިއަން ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އެޅުމަށް 40 މިލިއަން ރުފިޔާއަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 40.3 މިލިއަން ރުފިޔާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެ މަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏަށް ހަވާލުކުރިއިރު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 700 އަކަފޫޓުގެ 40 ހައުސިން ޔުނިޓެވެ.
މިނިސްޓްރީން ބުނީ ކޮންމެ ޔުނިޓެއްގައި ވެސް ތިން ކޮޓަރި އާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގެ އާއި ކާގޭގެ އިތުރުން ލޯންޑަރީ އާއި ސްޓޯ ރޫމް ހުންނާނެ ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ނ. މަނަދޫގައި 40 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) August 14, 2022
40،315،837.96 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށް pic.twitter.com/fAjLTrKym0
އެ މަޝްރޫއުގެ ދަށުން މުޅި ސަރަހައްދު އަލިކޮށް އެތަނުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ގާއިމުކުރާނެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހައުސިން މަޝްރޫއުތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. މިދިޔަ ހަފްތާގައި މިނިސްޓްރީން ވަނީ ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމަށް ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.
ހައުސިންގެ 21 ޕްރޮޖެކްޓެއް، ނިމުނީ ހަ ޕްރޮޖެކްޓް
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"
ދަތި ހާލު އަދަދަތަކުން, އަނެއްކާވެސް ދިގު ކިޔޫއެއް!
މި ދައުރު 4،588 ހައުސިން ޔުނިޓް ނިމޭނެ: ޕްލޭނިން
ސޯޝަލް ހައުސިންގެ ފްލެޓް ކުއްޔަށްދެވޭ އުސޫލެއް ހަދައިފި
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
ފްލެޓްތަކުގެ ފިނިޝިންއާއެކު ޔުނިޓެއް 66،000ޑޮލަރަށް
އެޕޯލޯއިން އަޅާ 1،000 ފްލެޓްގެ މަސައްކަތް ފަށައިފި
ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަނީ
ގެދޮރުގެ ލޯނަށް 700،000ރ. ކަނޑައަޅައިފި