14 އޯގަސްޓް 2022
ނިމިދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ތައްޔާރުވާން ލިބުނީ މަދު ދުވަސްކޮޅެކެވެ. ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނި ގޮތުގައި މުޅި ޓީމު ހަމަވެ އޭނާ އަށް ޕްރެކްޓިސް ކޮށްލެވުނީ އަށް ވަރަކަށް ދުވަހު އެވެ.
ނިމިދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ތައްޔާރުވާން ލިބުނީ މަދު ދުވަސްކޮޅެކެވެ. ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނި ގޮތުގައި މުޅި ޓީމު ހަމަވެ އޭނާ އަށް ޕްރެކްޓިސް ކޮށްލެވުނީ އަށް ވަރަކަށް ދުވަހު އެވެ.
ފުރަތަމަ ޑިވިޝަން ޓީމުތަކުގެ ގިނަ ކުޅުންތެރިން ހިމެނޭތީ ކުޅުންތެރިން ދޫކުރެވޭނެ ހާލަތެއް ކްލަބްތަކަށް ނެތުމުން މުޅި ޓީމު އެއްކޮށްގެން ޕްރެކްޓިސް ކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބުނެވެ.
ކްލަބްތަކުން ކުޅުންތެރިން ވީއްލަން ބޭނުން ނުވާ ސަބަބަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ގިނަ ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތީ މުޅި ސްކޮޑް ހަމަކޮށްގެން ޕްރެކްޓިސް ކުރެވޭ ގޮތެއް ނުވެ އެވެ. ސީނިއާ ކުޅުންތެރިން ހަމަނުވެއްޖެނަމަ އެ ހާލަތުގައި ޓީމުގެ މަގާމުތައް ފޫބައްދަނީ ގިނަ ޒުވާން ކުޅުންތެރިން ހިމަނައިގެންނެވެ.
އިންޑިއާގައި ބޭއްވި މުބާރާތުން ސްރީ ލަންކާ އަތުން ހޯދުނު ޕޮއިންޓް ފިޔަވައި ރާއްޖެ އަށް ލިބުނު އެއްޗެއް ނެތެވެ. ކުރިއަށް އޮތީ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ ޓީމު ތައްޔާރުވާން މަހެއްހާ ދުވަސް ވެސް ނެތެވެ. މިއީ އުރުފުރާތަކަށްދާ ޓީމުތަކުގެ ތައްޔާރީތައް ހުރި ގޮތެވެ.
ރާެްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަހްމަދު ޝާކިރު: ކްލަބްތަކުން ކުޅުންތެރިން ދޫނުކުރުމުން ޕްރެކްޓިސް ކުރަން ލިބުނު ވަގުތު މަދުކަން އޭނާ ފާހަގަ ކުރި. --- ފޮޓޯ: އެފްއޭއެމް
ޝާކިއްޓޭ އާއި 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ވެސް ބުނީ އެކަށީގެންވާ މުއްދަތެއް ލިބި ތައްޔާރީތަކާއެކު މުބާރާތަށް ދާނަމަ އުމުރުފުރާގެ މުބާރާތްތަކުގައި ރާއްޖެ އަށް ވެސް ކާމިޔާބު ހޯދޭނެ އެވެ. އެކަމަކު 20 އަހަރުން ދަށުގެ މުބާރާތާއި ކުރިއަށް އޮތް 16 އަހަރުން ދަށުގެ މުބާރާތުގައި ވެސް އެކަށީގެންވާ ވަގުތެއް ނެތެވެ.
ރާއްޖެ އާ ދެކޮޅަށް ވާދަ ކުރާ ސަރަހައްދުގެ އެހެން ގައުމުތަކުން ޓީމުތައް ދުރާލައި ތައްޔާރުވެ އެވެ.
"މިހާރު ބަލާ އިންޑިއާގެ ޓީމު އައި ލީގުގައި މިދިޔަ ދެ އަހަރު އެއް ޓީމެއްގެ ގޮތުގައި ކުޅުނީ އެ ކުޅުންތެރިން،" އިންޑިއާގެ އައި ލީގުގައި އިންޑިއަން އެރޯސްގެ ނަމުގައި ވާދަކުރާ ޑިވްލޮޕްމެންޓް ސްކޮޑުގެ ޓީމަށް އިޝާރާތްކޮށް ޝާކިއްޓޭ ވާހަކަ ދެއްކި އެވެ.
"އެމީހުން ވަރަށް ބައިވަރު މުބާރާތް ކުޅޭ. ކުރިން 16 އަހަރުން ދަށުގައި އޮތް ޓީމު މިހާރު މިގެން ގުޅެނީ 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ގޮތުގައި. އަނެއްކާ މުބާރާތް ބޭއްވި ބުބަނޭޝްވަރުގައި ވެސް ކޭމްޕް ޖަހައިގެން ތިބޭތާ ދެ މަސް ވެއްޖެ މުބާރާތް ފެށުމުގެ ކުރިން ވެސް."
އޭނާ ބުނީ ނޭޕާލުން ވެސް ޓީމު އެކުލަވާލީ މާކުރިން 800 ކުޅުންތެރިންގެ މެދުގައި ބޭއްވި ކޭމްޕެއްގެ ތެރެއިން ކަމަށެވެ.
"އަންފާ [އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން] ކޮމްޕެލްކްސްގައި ކްލޯޒް ކޭމެޕެއް ޖަހައިގެން ތިބޭތާ ދެ މަސް ފަހުން މުބާރާތަށް އައީ،" ކުރިން 19 އަހަރުން ދަށުގެ އަދި 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދިން ކޯޗު ބުންޏެވެ.
ޔޫތު ފުޓްބޯޅައިގެ އެހެން ކޯޗަކު ބުނި ގޮތުގައި ސަރަހައްދުގެ އެހެން ގައުމުތަކުން ޔޫތު ގައުމީ ޓީމުތަކަށް އެ ގައުމުގެ ފެޑެރޭޝަންތަކުން ބޮޑު އިސްކަމެއް ދޭއިރު ރާއްޖޭގައި އެކަމަށް ދެވޭ އަހަމިއްޔަތުކަން ކުޑަ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ މެޗަކަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން.--- ފޮޓޯ: އެފްއޭއެމް
"މީގެ އެންމެ ރަނގަޅު ގޮތަކީ އެފްއޭ ޒިންމާދާރު ކުރުވުން. މީޑިއާއިން ވެސް ކުރަންވީ އެ މަސައްކަތް،" އޭނާ ބުންޏެވެ.
"ރާއްޖޭގެ ޔޫތު ޓީމުތަކަކަށް ކާމިޔާބު ހޯދައިދޭކަށް އެފްއޭގެ މަސައްކަތްތަކެއް ރަނގަޅަކަށް ބައްޓަމެއް ނުކުރެވޭ. އަބަދު ވެސް ފެންނަނީ ކުޑަ ދުވަސްކޮޅަކަށް ވީމަ ޕްރެކްޓިސް ފަށާތަން. ބޭރު ތަންތަން މިސާލަކަށް ނޭޕާލް ބަންގްލަދޭޝް އިންޑިއާ ތަންތަން ލޯންގްޓާމަކަށް ނޫންތަ އެ ގެންގުޅެނީ."
އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ޓެކްނިކަލް ހުނަރު މުއްސަނދި ކަމަށާއި ނެޗްރަލް ޓެލެންޓް ކުޅުންތެރިން ވެސް ރާއްޖޭގައި ހޯދަން ފަސޭހަ ވާނެ ކަމަށެވެ. އެކަމަކު ދުރު މުސްތަގުބަލެއްގައި ޓީމުތައް އެކުގައި ގެންގުޅެވޭނެ ޕްރޮޖެކްޓްތަކެއް ރާއްޖޭގައި ފުޓްބޯޅައިގައި ނެތް ކަން އޭނާ ފާހަގަ ކުރި އެވެ.
"އަންޑަ ސިކްސްޓީން ވެއްޖެއްޔާ އޭގައި ގިނަ ވާނީ ވެސް ސްކޫލް ކުދިން. މާލޭގައި ގިނަ ކުދިން އުޅޭނީ. އެހެންވެއްޖެއްޔާ އެ ކުޅުންތެރިން ލޯންގް ޓާމަށް އެއް ޓީމެއްގެ ގޮތުގައި އަބަދުވެސް ޕްރެކްޓިސްކޮށްކޮށް ބާއްވަން އުނދަގޫ ކަމަަކަށް ނުވާނެ،" އޭނާ ބުންޏެވެ.
ސާފްގެ 20 އަހަރުން ދަށުގެ މުބާރާތަށް ނަގާ ސްކޮޑްގައި ކްލަބްތަކުން ކުޅުންތެރިން ތިބޭނެކަން ވެސް ވިސްނައިގެން ކުރިން ދުރާލައި މަސައްކަތް ކުރަމުން ދިޔަނަމަ ކޮންމެ ވެސް ކަހަލަ ހައްލުތަކެއް ހޯދުނީސް ކަމަށް އޭނާ ބުންޏެވެ.
"އެންމެ ކުޑަ މިނުން ކުޅުންތެރިން ދޭތެރެ އަކުން އެއްކޮށްލައި ޓެކްޓިސްތަކަށް މަސައްކަތް ކުރަން ވެސް ފުރުސަތު އޮންނަނަމަ ރަނގަޅު،" އޭނާ ބުންޏެވެ.
"ދެން ބުނާނެ މާލޭ ސަރަހައްދުގައި ދަނޑެއް ނެތިއްޔޭ. މިހާރު މާ ގިނަ ކޮން ދަނޑެއް އޮވެގެންތޯ އެއް ވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ޓީމުތައް މި ދުވަސްވަރުގައި މި ޕްރެކްޓިސް ކުރަނީ؟ ދެ ވަނަ ޑިވިޝަންގެ ޓީމުތައް އެބަ ކުރޭ އަދި މިހާރު 16 އަހަރުން ދަށުގެ ޓީމުތައް ވެސް ހަމަ ޕްރެކްޓިސް އެބަ ކުރޭ. މިހުރިހާ ޓީމުތައް ވެސް ޕްރެކްޓިސް ކޮށްލަން މާލެ ސަރަހައްދުގައި މިހާރު ވެސް މިއޮތީ ހަތަރު ދަނޑު. ދަތިތަކާއެކު ވެސް ދުރާލައި ޔޫތު ގައުމީ ޓީމުތަކުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާން ޖެހޭނެ."
20 އަހަރުން ދަށޫގެ ސާފް ޗެމްޕިއަންޝިޕްގައި އިްނޑިއާ އާ ދެކޮލަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން އިްނޑިއާ އަތުން ރާއްޖެ ބަލިވީ ފަހު ވަގުތު ޖެހި ލަނޑުން. --- ފޮޓޯ: އެފްއޭއެމް
އުމުރުފުރާގެ ގައުމީ ޓީމުތަކުގެ ކޮންމެ މުބާރާތެއް ނިމުމަށް ފަހު ވެސް އެ ކުޅުނު ކުޅުންތެރިން އެއް ޓީމެއްގެ ގޮތުގައި ބާއްވަން ބާރުލާފައި ވާހަކަ ދައްކަ އެވެ. ނިމިދިޔަ 20 އަހަރުން ދަށުގެ މުބާރާތަށް ފަހު އަނެއްކާ ވެސް ދެކެވެނީ އެއް ޓީމެއްގެ ގޮތުގައި ބާއްވަން އެފްއޭއެމުން ހަރަކާތްތަކެއް ރާވާނެ ވާހަކަ އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރެއްވީ 19 އަހަރުން ދަށުގެ ޓީމު ދެވަނަ ޑިވިޝަންގައި އަދި 16 އަހަރުން ދަށުގެ ޓީމު ތިން ވަނަ ޑިވިޝަންގައި ވާދަ ކުރުވާނެ ކަމަށެވެ.
އޭގެ ފަހުން 2020 ގައި ބޭއްވި ދެވަނަ ޑިވިޝަން މުބާރާތުގައި 19 އަހަރުން ދަށުގެ ޓީމު ވާދަ ކުރި އެވެ. އެކަމަކު މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 16 އަހަރުން ދަށުގެ ޓީމު ބައިވެރިކޮށްފައެއް ނުވެ އެވެ. މިހާރު ދެވަނަ ޑިވިޝަން ކުރިއަށްދާ މުބާރާތުގައި 19 އަހަރުން ދަށުގެ ޓީމު ބައިވެރި ނުކުރުވީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮތުމުން ކަމަށް ބެލެވެ އެވެ.
"އެފްއޭއެމްގެ ޔޫތު ސެޓަޕްގައި ކުޅުންތެރިން މަދެއް ނުވާނެ ދެ އަހަރު ކުރިން 16 އަހަރުން ދަށުގެ ޓީމުގައި ތިބި ކުޅުންތެރިން ތިބޭނީ މިހާރު 19 އަހަރުން ދަށުގެ ކެޓަގަރީ އަށް ރެއިޒްވެފައި ތާ. އެހެންވެއްޖެއްޔާ ކޮބާ އެ ކުޅުންތެރިން؟ ކީއްވެ މިފަހަރު ދެވަނަ ޑިވިޝަނުން ނުފެނުނީ؟،" ކުރިން ވާހަކަ ދެއްކި ޔޫތު ކޯޗު ބުންޏެވެ.
އޭނާ ބުނީ ޒުވާން ކުޅުންތެރިންނަށް ހޯދައި ދެވެން އޮންނަ ކިތަންމެ ކުޑަ ފުރުސަތެއް ނަމަވެސް އެ ޓީމުތަކަށް ހޯދައިދޭން ޖެހޭ ކަމަށެވެ.
"ބޭނުމަކީ އަބަދު ވެސް އެއް ޓީމެއްގެ ގޮތުގައި އެކްޓިވްކޮށް މަސައްކަތްކޮށް ކޮށް ބޭއްވުން. އޭރުން ނުޖެހޭނެ މުބާރާތަށް ޕްރިޕެއާ ވާން ލިބުނީ ކުޑަ ވަގުތު ކޮޅެކޭ ކިޔާކަށް،" އޭނާ ބުންޏެވެ.
ގެންޖެހުންތަކާ އެކު ވެސް ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނުނު ކަމަށް ޝާކިއްޓޭ ބުންޏެވެ. އޭނާ މިސާލެއްގެ ގޮތުގައި ދެއްކީ އެހާ ފަސޭހައިން ބަލިވާން ޓީމު ބޭނުން ނުވުމެވެ.
"މީ މީގެ ކުރިން ޔޫތު ގައުމީ ޓީމުތަކުން ނުފެންނަ ކަމެއް. އެހާ ފަސޭހައިން ގިވްއަޕް ކުރަން ބޭނުން ނުވުން. އިންޑިއާ މެޗުން ފަހު ވަގުތު ބަލިވީމަ ކުޅުންތެރިން ތިބީ ރޮވިފައި. އެއީ ޓީމުން ފެނުނު ޕޮޒިޓިވް ސައިނިންއެއް. މާނަ އަކީ މި ކުޅުންތެރިން ބޭނުމެއް ނުވޭ ގިވްއަޕް ކުރާކަށް،"
ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު 2،000ރ. އަށް
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ސާފް ޗެމްޕިއަންޝިޕް:ރާއްޖެ-ލެބަނަން އެއް ގުރޫޕަކަށް
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ޓިކެޓް ވިއްކުމުގައި ކޮރަޕްޝަނެއް ނޯންނާނެ: ބައްސާމް
މާދަމާ ޓިކެޓް ވިއްކަން ފަށާނެ، ވެކްސިން ކާޑު ބޭނުންވޭ