02 އޯގަސްޓް 2022
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް-އިންޑިއާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އަށް ފަހު އިގްތިސާދަށް ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ތިމާވެށްޓާއި ރަހުމަތްތެރި އަދި ވިލުންތެރި އިންވެސްޓްމަންޓްތަކަށް ފުރުސަތު ދޭނެ ކަމަށާއި އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމްކޮށް ދެއްވާނެ ކަމަށް އެ ފޯރަމްގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު ޓޫރިސްޓުންގެ އަދަދު ވެސް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން މިހާރު ޒިޔާރަތް ކުރަނީ އިންޑިއާއިން ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭނެ އިގްތިސާދީ މުހިންމު ބައިވެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިންޑިއާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިލަމާލެ ބްރިޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށްޓެވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު
ދްރައުޕަތީއާ ބައްދަލުކުރެއްވި ފުރަތަމަ ވެރިއަކަށް ރައީސް
"އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނަން: ރައީސް
ރައީސް ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވަނީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
އިންޑިއާ-ރާއްޖޭގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅާކަށް އަދި ނުނިންމާ