Roadha Mihaaru
އިންޑިއާ-ރާއްޖޭގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

25 ޖޫން 2022

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރުވަންޑާއަށް ކުރައްވާ ދަތުރުފުޅުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ އެކު އިއްޔެ މަޝްވަރާކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ބުދަ ދުވަހު ރައީސް ރުވަންޑާ އަށް ވަޑައިގެންނެވީ ކޮމަންވެލްތު 26 ވަނަ ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް)ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް އޮފީހުން ބުނީ ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައި ބޭއްވި މަޝްވަރާ ބައްދަލުވުމަކީ ޖަޔަޝަންކަރު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއް ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާއި ވާހަކަފުޅުދެއްކެވި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ވާހަކަދައްކަވަނީ: ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި -- ފޮޓޯ | ރައީސް އޮފީސް

ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް، ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވި އެވެ.

"ރައީސް ވަނީ ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ ތާރީޚާއި ސަގާފަތާއި ދެ ގައުމުގެ ވެސް ގަބޫލުކުރުންތަކުގެ މައްޗަށް ކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ބޭރު ގައުމުތަކާ އެކު ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަކީ މި ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމުގައި ހާމަކުރައްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ވެދޭ އެހީތެރިކަން ވެސް ރައީސް ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ދެ ބޭފުޅުން ވެސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ވެސް ހާމަކުރައްވާފައި ކަމަށެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރެއްވިއިރު، "އިންޑިއާ އައުޓް"ގެ ނަމުގައި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަނީ ބޮޑު ހަރަކާތެއް ހިންގަމުންނެވެ.

އެ ހަރަކާތް ހުއްޓުވަން ސަރުކާރުން ވެސް އަންނަނީ ގިނަ ކަންކަން ކުރަމުންނެވެ. އެންމެފަހުން، މިދިޔަ ބުރާސްފަތި ދުވަހު އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފަ އެވެ.