28 ޖުލައި 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރަސްމީ ދަތުރުފުޅެއްގައި ރައީސް އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. ރައީސް ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ. އަދި ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ވެސް އިންޑިއާއަށެވެ. އޭގެފަހުން މޯދީ ވެސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް ވެސް ވަރަށް ބޮޑަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް: ރައީސް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
އިންޑިއާއަކީ ހަގީގީ އެކުވެރިއެއްކަން ދައްކައިދީފި:ރައީސް
ރާއްޖެ އަށް އެހީވާން އިންޑިއާ އޮންނާނީ ތައްޔާރަށް:މޯދީ
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"