02 އޯގަސްޓް 2022
ރާއްޖޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އާއްމުން ހޭލުންތެރިކުރުވުމުގެ ގާނޫނީ ޒިންމާ އޮތް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވެ، އެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.
ރާއްޖޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އާއްމުން ހޭލުންތެރިކުރުވުމުގެ ގާނޫނީ ޒިންމާ އޮތް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވެ، އެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.
މިފަހުން ރާއްޖޭގައި ބޭއްވި ޔޯގާ އިވެންޓަށް ދީނީ އިލްމުވެރިންތަކެއް ހުރަސް އަޅައި އެ މައްސަލަ ހޫނުވެފައި ވަނިކޮށް، އެކި އިލްމުވެރިން އަންނަނީ ތަފާތު ގޮތް ގޮތަށް ފަތުވާ ނެރެމުންނެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ހަރާމް ކަމެކެވެ. އެކަމަކު ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަދަ ބައެއް އެހެން އިލްމުވެރިން އަންނަނީ އެއީ ހަރާމް ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ.
އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ވެސް ވަނީ އެ މައްސަލައިގައި ދިރާސާ ކަރުދާހެއް ނެރެފަ އެވެ. އެ ޕާޓީގެ ވެސް ރައުޔަކީ ޔޯގާ ހެދުން ހަރާމް ކަމެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ފަތުވާ ބަލައި ނުގަނެ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މި މައްސަލާގައި ދެ ފަރާތުން ސޯޝަލް މީޑިއާގައި ފާޑު ކިޔުމާއި ތަފާތު ގޮތް ގޮތަށް އަމިއްލަ ފަތުވާ ނެރެމުން ދާއިރު ފަތުވާ މަޖިލިސް ކޮބައިތޯ ވަރަށް ގިނަ މީހުން ސުވާލު ކުރި އެވެ. ފަތުވާ މަޖިލީހުގެ ދައުރު ހަމަވެ އެތަނުގެ މަސައްކަތެއް ނުހިނގާ ކަން އެނގުނީ ޔޯގާ މައްސަލައިގައި ބޮޑުވި މި ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންގެ ބަހެއް ހޯދަން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. ފަތުވާ މަޖިލީހެއް ނެތި އެތައް ދުވަހެއް ހޭދަވިއިރު އަލުން އެކުލަވާނުލައި އޮތް ސަބަބެއް ވެސް ވިދާޅެއް ނުވި އެވެ.
އިސްލާމީ އެންމެ މަތީ ފަތުވާ ދޭ މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން އެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމާއި އެހެން ހުރިހާ މެމްބަރުންގެ ދައުރު ހަމަވެގެން އެ މަޖިލީހުން ވަނީ ވަކިވެފަ އެވެ.
އިބްރާހިމް އަހުމަދު - އޮގަސްޓް 2، 2021
ޑރ. މޫސާ އަންވަރު ހަސަން - ފެބްރުއަރީ 1، 2022
އިސްހާގް މުހައްމަދުފުޅު - ފެބްރުއަރީ 1، 2022
ހަސަން ތައުފީގް - އޮގަސްޓް 2، 2021
ފަތުވާ މަޖިލިސް ނެތް ސަބަބާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އާ ސުވާލު ކުރުމުން ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ އަށް ގުޅައިގެން މައުލޫމާތު ހޯދުމަށެވެ. އަދި ޝާފިއު އަށް ގުޅައި އެ ސުވާލު ކުރުމުން "އެކަން ބަލާފައި ޖަވާބެއް ދޭނަން" ކަމަށް ވިދާޅުވުމަށް ފަހު ހަބަރެއް ނުވެ އެވެ. ފޯނަށް ގުޅައި މެސެޖު ކުރިޔަސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
މެމްބަރުންގެ ދައުރު ހަމަވިތާ އެތައް ދުވަހެއް ވެފައިވާ އިރު އާ މެމްބަރުން އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްވެސް ނަމެއް ނުފޮނުވާ އޮތީ ކީއްވެތޯ ރައީސް އޮފީހާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުލިބެ އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކާ އެކު އުފެދިގެން އައި ފަތުވާ ދޭ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް ފަތުވާ ނެރެން ޖެހެ އެވެ.
ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުމަށާއި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށްޓަކައި ދީނީ އިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނާތައް ރާވައި ހިންގުމަކީ ވެސް އެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ މަޖިލީހުގައި ހިމެނެނީ އިސްލާމިކް މިނިސްޓަރުގެ ލަފަގެ މަތިން އައްޔަން ކުރާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ މެމްބަރަކެވެ. އަދި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް މުއައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސް އައްޔަން ކުރާ މެމްބަރަކާއި ސީދާ ރައީސް އައްޔަން ކުރާ އިތުރު ދެ މެމްބަރުންނެވެ.
ދީނުގެ ހަރުކަށި ވާހަކަ އިން ނުރައްކާ ބޮޑު: މުފްތީ
ފަތުވާތައް ފިތުނައަށް ވެގެން ނުވާނެ: މިނިސްޓަރު ޒިޔާދު
ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަންކޮށްފި
ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލީސް
ދެ އަހަރު ފަހުން ފަތުވާ މަޖިލިސް އެކުލަވާލައިފި
ފަތުވާ މަޖިލިސް އެކުލަވާލައެއް ނުނިމުނު!
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި
ފަތުވާ މަޖިލިސް ހަރަކާތްތެރިކުރުވަން ޝަހީމް ގޮވާލައިފި
ނަފުރަތުގެ ބިލަށް އިސްލާމިކް މިނިސްޓަރުގެ ކަންބޮޑުވުން
ގައިދުރުކޮށް ނަމާދުކުރުން ހުއްދަ: ފަތުވާ މަޖިލިސް