Roadha Mihaaru
މުނި ހޯމްކެއާގެ އެނިވާސަރީ ލޯގޯ ޑިޒައިންނިން މުބާރާތެއް

މުނި ހޯމްކެއާގެ އެނިވާސަރީ ލޯގޯ ޑިޒައިން ކުރާ މުބާރާތެއް

02 އޯގަސްޓް 2022

މުނި ހޯމްކެއާގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭނުން ކުރާނެ ލޯގޯއެއް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މުނި ހޯމްކެއާގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭނުން ކުރާނެ ލޯގޯއެއް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުނި ހޯމްކެއާއިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މުބާރާތެއްގެ ގޮތުގައެވެ. މުނި ހޯމްކެއާއިން ބުނީ އެ މުބާރާތުން ހޮވޭ އެންމެ މޮޅު ލޯގޯ އަކީ އަންނަ އަހަރުގެ އޮގަސްޓު 6ގައި އެ ފިހާރައިން ފާހަގަ ކުރާ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގައި ބޭނުން ކުރާނެ ލޯގޯ ކަމަށެވެ.

މުނި ހޯމްކެއާއިން ބުނީ އެ މުބާރަތަކީ އެ ފިހާރަ އަށް 40 އަހަރު ފުރުމުގެ ކައުންޓްޑައުން ހަރަކާތުގެ ތެރެއިން ކުރިއަށްދާ ފުރަތަމަ އިވެންޓު ކަމަށެވެ. އަދި އަންނަ އަހަރުގެ އޮގަސްޓާ ހަމައަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ރާވާފައި ހުރި ކަމަށް އެ ފިހާރައިން ބުނެއެވެ.

މުނި ހޯމްކެއާގެ ފޭސްބުކް ޕޯސްޓުން އެ މުބާރާތާއި ގުޅޭ މައުލޫމާތުތައް ލިބޭނެ.

މުނި ހޯމްކެއާއިން ބުނީ ލޯގޯ ޑިޒައިން ކުރުމުގެ އެ މުބާރާތުގައި ހުށައަޅާ ލޯގޯ އަކީ މޮޑާން ނުވަތަ މިނިމަލިސްޓިކް ސްޓައިލުގެ ލޯގޯއަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ލޯގޯ އަކީ ކޮޕީ އަކަށް ވެގެން ނުވާނެ ކަމަށާއި އެ ލޯގޯ އަކީ އަމިއްލަ ޑިޒައިނަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ލޯގޯ ޑިޒައިން ކުރުމުގެ އެ މުބާރާތް މިހާރު ވަނީ ފަށާފައެވެ. އެ މުބާރާތަށް ލޯގޯ ޑިޒައިން ހުށައެޅޭނީ މި މަހުގެ 25ގެ ނިޔަލަށެވެ. އެ މުބާރާތުން ހޮވާ އެންމެ ރީތި ލޯގޯ ފަރުމާ ކުރާ ޑިޒައިނަރަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް މުނި ހޯމްކެއާއިން ވަނީ ހުށައަޅާފައެވެ. މުނިހޯމްކެއާއިން ބުނީ މި މަހުގެ 30ގައި އެންމެ މޮޅު ޑިޒައިން ހޮވާ، އިނާމު ހަވާލު ކުރާނެ ކަމަށެވެ.