01 އޯގަސްޓް 2022
އެސްޓީއޯ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އެސްޓީއޯ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ ސްކޫލްތަކުގެ ދިރާސީ އާ އަހަރައި ގުޅުވައިގެން އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި އަހަރުގެ ޕްރޮމޯޝަންގައި ސްކޫލްކުދިންގެ މެދުގައި މަގްބޫލް "ޑެވޮންޑޭލް" ކިރާއި އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ "ހެޕީ ކައު" ޗީޒް އަދި "އައި ވީ" ކިރު ގަނެގެން ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް އެ ތަކެތި ގަންނަ ފަރާތްތަކަށް، ކުރާ ކޮންމެ ވިޔަފާރިއަކުން ކޫޕަނެއް ލިބެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިންނާއި ހޯލްސޭލް ތިން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގައި ވިއްކާ ޕްރޮޑަކްތައް ދައްކާލައިފައި: މި ޕްރޮޑަކްޓް ގަނެގެން އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭ --- ފޮޓޯ: އެސްޓީއޯ
ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ތިންވަނައަށް އަސްރަފީ ބުކްޝޮޕުގެ 1500ރ. ގެ ގިފްޓް ވައުޗަރެއް ލިބެ އެވެ. ދެވަނައަށް ޕީކަބޫގެ 2500ރ. ގިފްޓް ވައުޗަރެއް ދޭއިރު އެއްވަނަ އަށް ދެނީ 5000ރ. ގެ ޕީކަބޫ ގިފްޓް ވައުޗަރެކެވެ.
ހޯލްސޭލްގެ ތިންވަނަ އަށް "ރަސަލް ހޮބްސް" ބްރޭންޑްގެ ފެންކައްކާ ޖަގަކާއި މައިކްރޯވޭވް އަވަނެއް ދޭއިރު، ދެވަނައަށް ދާ ނަސީބުވެރިޔާ އަށް އެ ތަކެތީގެ އިތުރުން އެ ބްރޭންޑްގެ ޕްރެޝަރު ކުކަރެއް ލިބެ އެވެ. އަދި އެއްވަނަ އަށް ލިބެނީ 327 ލިޓަރުގެ "ޗެސްޓް ފްރީޒާ" އެކެވެ.
އޭގެ އިތުރުން، ރީޓެއިލް ކަސްޓަމަރުން ގަންނަ "ޑެވޮންޑޭލް"ގެ ކޮންމެ ހިކި ކިރު ޕެކެޓަކަށް އެ ބްރޭންޑްގެ ލޯގޯ ޖެހި ޖޯޑެއް ލިބެ އެވެ. ލިމިޓެޑް އެޑިޝަންގެ އެ ކަޕް ދޫކުރާނީ ސްޓޮކް ހުސްވަންދެނެވެ.
މި މަސް ނިމެންދެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެ ކުންފުނީގެ ރީޖަނަލް ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
އެސްޓީއޯ އިން 14 ސްކޫލަކަށް 96 ޓީވީ ދީފި
ޕްރިންސިޕަލުން ވިދާޅުވަނީ މިއީ އާ ދިރުމެއް ކަމަށް!
ކިޔަވައިދޭނެ ވަގުތު އަދިވެސް ކަނޑައެއް ނޭޅޭ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފި