ސްކޫލުތަކުން ކުދިންނަށް ފޯރުކޮށްދޭ އެކިއެކި ހިދުމަތްތައް ޑިޖިޓަލް ކުރުމަށް މި ސަރުކާރުން ދޭ އިސްކަމާ ގުޅިގެން އެންމެ ބޮޑު އެހީތެރިކަމެއް ދޭ އެއް ކުންފުންޏަކީ އެސްޓީއޯ އެވެ. މުޖުތަމައުގެ އެހެން ކަންތައްތަކަށް ވެސް ބޮޑު އެހީތެރިކަމެއް ދޭ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިހާތަނަށް ވަނީ 14 ސްކޫލަކަށް 96 ޓީވީ ދީފަ އެވެ. އޭގެ އަގު 600،940ރ. އަށް އަރަ އެވެ.
24 ފެބުރުއަރީ 2022

އެސްޓީއޯއިން ޓީވީ ހަދިޔާކުރި ސްކޫލްތަކުގެ ތެރޭގައި އަތޮޅުތެރޭގެ ސްކޫލްތަކުގެ އިތުރުން މާލޭގެ ސްކޫލުތައް ވެސް ހިމެނެ އެވެ. މި އެހީތެރިކަމާއެކު، އެ ސްކޫލުތަކަށް ވަނީ ޑިޖިޓަލް ކުރުމުގައި ވަރަށް ބޮޑު ލުޔެއް ލިބިފަ އެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން އެސްޓީއޯއިން އަންނަނީ ގިނަ ބަޔަކަށް އެހީވަމުންނެވެ. މީގެ ތެރޭގައި ކުޅިވަރުގެ ހަރަކާތްތަކާއި ތައުލީމާއި ސިއްހީ ދާއިރާއާ ގުޅުން ހުރި ކަންކަން ހިމެނެ އެވެ.
އެ ކުންފުނިން މިގޮތަށް އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށް އެދުމުންނެވެ. މިހާރު ވެސް ގިނަ ސްކޫލްތަކަކުން އެހީއަށް އެދިފައިވާއިރު، އެސްޓީއޯ އިންނަ އަންނަނީ އެ ތަންތަނަށް ވެސް ބޭނުންވާ ތަކެތި ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ތިން ސްކޫލަކަށް ބޭނުންވާ 27 ސީޕީޔޫ ވެސް ހަދިޔާ ކޮށްފަ އެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެނީ މުޖުތަމައަށް އޭގެ ސަބަބުން ފައިދާވާ ކަންކަމަށެވެ. ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީގެ ޒިންމާގެ ދަށުން އެންމެ ބޮޑަށް ކުރާ އެއް ކުންފުންޏަކީ ވެސް އެސްޓީއޯ އެވެ.
އެސްޓީއޯ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި
ނާސްތާއަށް ދޭ ކިރު ޕެކެޓްތައް ދަރިވަރުންނަށް ބަހަނީ
ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތް އަޅަން ސޮއިކޮށްފި
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޖާގަ އިތުރުކޮށްފި
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
ހިރިމަރަދޫ ކުދިންނަށް ހަނިމާދޫ ސްކޫލުގައި އާ އިމާރާތެއް
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި