25 ޖުލައި 2022
ބޮލީވުުޑްގެ އެކްޓަރު ސަލްމާން ހާނާއި އޭނާގެ އާއިލާ އަށް ގޭންގަކުން ދޭ އިންޒާރުތަކާ ގުޅިގެން ހަތިޔާރު ގެންގުޅުމުގެ ހުއްދައަކަށް އޭނާ އެދިއްޖެ އެވެ.
ބޮލީވުުޑްގެ އެކްޓަރު ސަލްމާން ހާނާއި އޭނާގެ އާއިލާ އަށް ގޭންގަކުން ދޭ އިންޒާރުތަކާ ގުޅިގެން ހަތިޔާރު ގެންގުޅުމުގެ ހުއްދައަކަށް އޭނާ އެދިއްޖެ އެވެ.
އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާގެ ގަޔަށް ބަޑި ޖަހައި މަރައިލިކަމުގެ ޒިންމާ އުފުލާފައި ވަނީ މީގެ އަހަރުތަކެއް ކުރިން ސަލްމާނަަށް ވެސް މަރުގެ އިންޒާރު ދިން ގޭންގުންނެވެ.
ސީދޫގެ މަރަށް ފަހު ވެސް ސަލްމާންގެ ބައްޕަ އަށް ވަނީ މަރުގެ އިންޒާރު ދީފައިވާ ނޯޓެއް ލިބިފަ އެވެ.
ސަލްމާނަށް އިންޒާރު ދިނީ ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރި މައްސަލައިގަ އެވެ.
ސަލްމާނާއި އޭނާގެ އާއިލާ އަށް ގޭންގަކުން އިންޒާރު ދޭތީ، ސަލްމާން މިހާރު ވަނީ މުމްބާއީގެ ޕޮލިސް ހެޑްކުއާޓަރަށް ގޮސް ހަތިޔާރު ގެންގުޅުމުގެ ހުއްދައަކަށް އެދިފައި ކަމަށް ވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސަލްމާން އެދުނީ ބަޑިއެއް ގެންގުޅުމުގެ ހުއްދައަށެވެ.
މީގެ ދެތިން ދުވަހެއް ކުރިން ސަލްމާން، ފުލުހުންގެ ހެޑް ކުއާޓަރަށް ވަންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.
ލައިސަންސް ދޫކުރުމުގެ ކުރިން، ފިޒިކަލް ވެރިފިކޭޝަނަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ އަށް އެދޭ މީހާ ހާޒިރުވާން ޖެހެ އެވެ. ބެލެވޭ ގޮތުގައި ސަލްމާން ޕޮލިސް ހެޑްކުއާޓަރަށް ހާޒިރުވީ އެހެންވެ އެވެ.
ފުލުހުންނަށް ދިން ބަޔާނުގައި ސަލްމާން ބުނެފައި ވަނީ ބަޑިއެއް ގެންގުޅުމުގެ ހުއްދަ އަށް އެދުނީ ބިޝްނޯ ގޭންގާއި އެ ގޭންގުގެ ފަރާތުން އޭނާ އަށް ލިބެމުންދާ އިންޒާރުތަކާ ގުޅިގެން އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ސަލްމާން ހާން.
ސަލްމާނަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައި ވެ އެވެ. މީގެ ކުރިން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ސަލްމާން މަރާލުމަށް އޭނާގެ ގޭގެ ދޮށުގައި ވެސް ގޭންގްގެ ފާރައަށް ތިބި ކަމަށް ވެ އެެވެ.
ސަލްމާނަށް އިންޒާރުދިނީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރި މައްސަލާގައި ކަމަށް ރިޕޯޓްކުރެ އެވެ.
ސަލްމާނާއި ބައެއް ތަރިންނަށް މަރުގެ އިންޒާރު
ބިރުބޮޑުވުމުން ސަލްމާން ބުލެޓްޕްރޫފް ކާރެއް ގަނެފި
ސަލްމާނާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރުދީފި
"ގޭންގަކުން" އުމަރަށް މަރުގެ އިންޒާރު ދީފި
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ޝާހު އާއި ސަލްމާން އަދި އާމިރް އެކުގައި ފިލްމެއް
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
ސިއްދިގީ މަރާލުމުން ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ސަލްމާންގެ "ކިކް 2" އިއުލާންކޮށްފި