ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
04 ޖޫން 2025
ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މަހުފޫޒުގެ އެކްސް އެކައުންޓް ޓެގްކޮށް، "ވަޅިއެއް ޖަހަންވީތޯ" ސުވާލުކޮށްފައިވާ މީހެއްގެ މައްސަލަ ފެންމަތިވީ އިއްޔެ އެވެ. އެކަމަކު އެ މީހާގެ އެކައުންޓު އިއްޔެ ވަނީ ޑިލީޓް ކޮށްލައިފަ އެވެ.
އެ ޕޯސްޓު "އެކްސް" ގައި ހިއްސާ ކުރައްވައި މަހުފޫޒު ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ ކުރިން އެހުމުން އުފާވާ ކަމަށެވެ. އެކަމަކު އެ ބާވަތުގެ ކަމެއް ކުރަންޖެހޭ ޖާއިޒު އެއްވެސް ސަބަބެއް ނެތުމުން އެކަން ނުކުރަން އެދިވަޑައިގަންނަވާ ކަމަށް އެ ޕޯސްޓުގައި މަހުފޫޒު ވިދާޅުވި އެވެ.
އެހާ ފާޅުކަން ބޮޑު ގޮތެއްގައި މަހުފޫޒަށް އިންޒާރު ދިން އިރު މީގެ ނުވަ ވަރަކަށް އަހަރު ކުރިން ވެސް ވަނީ އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީފަ އެވެ.
އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. އެއީ ހުޅުމާލޭ ފްލެޓް 3-60 ފިރާޒް ޖައުފަރާއި ހ. ސެނާ، ޚާލިދު ނަފީއު އާއި ހުޅުމާލޭ 11270 އަހުމަދު ރާއިދު އަދި ރ. އިނގުރައިދޫ، ކަރަންކާގޭ ހުސައިން ޝަފްރާޒް އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން އޭރު ނިންމީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެ މީހުން އެ ހަމަލާދިނީ މަހުފޫޒަށް ފާރަލަމުން ގޮހެވެ.
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް
ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ
މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ޕޮލިހަށް
އަލީ ސޯލިހަށް ހަމަލަދިނީ މަރާލާނެ ކަމުގެ އިންޒާރާއެކު!
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
ޖާބިރު: 20 މެމްބަރަކަށް މަރުގެ އިންޒާރު އެބަ ލިބޭ
ފުލުހުންނަށް ބިރު ދެއްކި ދެ މީހަކު ހައްޔަރުކޮށްފި
އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދީފި
ފުލުހަކަށް މަރުގެ އިންޒާރު ދީގެން ބަޔަކު ހައްޔަރުކޮށްފި
ޝަހިންދާއަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި