Roadha Mihaaru
އަލީ ސޯލިހަށް ހަމަލަދިނީ މަރާލާނެ ކަމުގެ އިންޒާރާއެކު!

އަލީ ސޯލިހަށް ހަމަލަދީ، ޒަހަމްކޮށްލީ މަރާލާނެ ކަމުގެ އިންޒާރާއެކު!

22 އޯގަސްޓް 2022

ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ މިއަދު ޒަހަމްކޮށްލީ، މަރާލާނެ ކަމުގެ އިންޒާރާއެކު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ މިއަދު ޒަހަމްކޮށްލީ، މަރާލާނެ ކަމުގެ އިންޒާރާއެކު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގައި އޮތް ސްކޫލުގެ ހަރަކާތަކަށް ދަރިފުޅު އެ ތަނަށް ލާފައި ވަޑައިގަންނަވަނިކޮށް، މިއަދުގެ މެންދުރު އޭނާ އަށް ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމްކޮށްލީ މިދިޔަ ޖުލައި 1 ގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހާ އެވެ. ހުކުރު ނަމާދަށް މީހުން ޖަމާވެފައި ތިއްބައި މިންބަރަށް އެ މީހާ އެރުމުން ހައްޔަރުކުރި ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލި އެވެ. ސަބަބެއް ކަމަށް ބުނީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ވުމެވެ.

އޭނާއަކީ ނަފުސާނީ ބަލިމީހެއްކަން ސާބިތުވާ މެޑިކަލް ރިޕޯޓުތައް އާއިލާ އިން ހުށަހެޅުމުން އޭނާ ހަމަ އެ ދުވަހު އާއިލާއާ ހަވާލުކުރީ އެވެ.

އޭގެ ފަހުން ވެސް މަގުމަތީގައި އެކި މީސްމީހުންނަށް އިންޒާރުދީ، އުނދަގޫ ކުރަމުންދިޔަ، ރ. މަޑުއްވަރީގެ އެ މީހާ އަލީ ސޯލިހަށް ހަމަލަދިނީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ސޯލިހާ ސަލާމް ކުރައްވަނީ: އޭނާ އަށް މީހަކު މިއަދު ހަމަލަދިނީ، ދަރިފުޅުގެ ސްކޫލުގެ ހަރަކާތަކަށް ހުޅުމާލޭގެ ތަނަކަށް ލާފައި ސައިކަލްގައި ވަޑައިގަންނަވަނިކޮށް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ސޯލިހާ ސަލާމް ކުރައްވަނީ: އޭނާ އަށް މީހަކު މިއަދު ހަމަލަދިނީ، ދަރިފުޅުގެ ސްކޫލުގެ ހަރަކާތަކަށް ހުޅުމާލޭގެ ތަނަކަށް ލާފައި ސައިކަލްގައި ވަޑައިގަންނަވަނިކޮށް.

"ކަލޭ ތިއީ ކަތިލަން ޖެހޭ މީހެކޭ، މަރާލާނަމޭ ކިޔާފައި އޭނާ އަޅުގަނޑަށް ހަމަލަދިނީ. އެ މީހުންގެ މީހުން ހައްޔަރުކޮށްގެނޭ ސަރުކާރުން އުޅެނީ ކިޔާފައި ދިމާކޮށްގަތީ. ސީދާ މަރާލާނަމޭ ބުނީ. ކުރަފަތެއް ކަހަލަ އެއްޗެއް ނަގާފައި ގުރުއާނުގެ އާޔަތެއް ކިޔަމުން އަޅުގަނޑަށް ހަމަލަދިނީ،" ސައިކަލްގައި ވަޑައިގަންނަވަނިކޮށް އަލީ ސޯލިހަށް އެ މީހާ ހަމަލަދިން މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

އަލީ ސޯލިހުގެ އަތަށް ހަމަލަދީ މިއަދު ޒަހަމްކޮށްލާފައި.

އަލީ ސޯލިހުގެ އަތަށް ހަމަލަދީ މިއަދު ޒަހަމްކޮށްލާފައި.

އަލީ ސޯލިހަށް ހަމަލަދިންތާ އިރުގަނޑެއްގެ ތެރޭގައި އެ މީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާ ވަނީ އަލީ ސޯލިހުގެ ވައަތުން 2-3 އިންޗީގެ ތަނެއް ކަފާލައިފަ އެވެ. އަދި ބުރަކައްޓަށް ހަމަލަދިން ނަމަވެސް އެ ހަމަލައިގައި ކަނޑައިގެން ދިޔައީ ގަމީހުގެ ތަންކޮޅެކެވެ.

"އަޅުގަނޑު ސަައިކަލްގައި ދަނިކޮށް ކައިރި ކޮށްލާފައި އެކިއެކި އިންޒާރު ދެމުން ގޮސް ވަކި ހިސާބަކުން މަޑުކޮށްލާފައި ހަމަލަދިނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އަލީ ސޯލިހުގެ އަތަށް ދިން ހަމަލާގައި ކަފައިގެން ދިޔަ ތަނުގެ ލޭ.

އަލީ ސޯލިހުގެ އަތަށް ދިން ހަމަލާގައި ކަފައިގެން ދިޔަ ތަނުގެ ލޭ.

އޭނާ އަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދިނުމާއެކު، އަލީ ސޯލިހު އެ މީހާ ދިމާއަށް ސައިކަލް ވައްޓާލާފައި ބާރަށް ދުވެވަޑައިގަންނަވަ އެވެ. އެއާއެކު، އެ ސަރަހައްދަށް މީހުން ޖަމާވެ، އެ މީހާއާ ޒުވާބު ކުރަން ފެށި އެވެ. އެ ވަގުތު އެ މީހާއާ ދިމާ އަށް ދުއްވައިގަތް އާންމުންގެ މީހުން ވެސް "ކަތިލާނެ" ކަމަށް ބުނެ އިންޒާރު ދެ އެވެ. އާންމުކޮށް ދަބަހެއް އަޅުވައިގެން ސައިކަލްގައި އުޅޭ އެ މީހާ ހުއްޓުވަން ދުރުގައި ތިބެ މަސައްކަތް ކުރި މީހުންނާ ދިމާ އަށް ގޮވަމުން ދިޔައީ ތިމަންނަ އުޅެނީ އާހިރަތަށް ކަމަށާއި ދުނިޔެއަށްޓަކައި ނޫން ކަމަށެވެ.

އެ މީހާ މީގެ ދެ ރޭ ކުރިން ފުލުހުންނަށް އިންޒާރުދީ، ކުރިމަތިލާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.