09 ފެބުރުއަރީ 2020
ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުން ދީފާނެ ނުރައްކާތެރި ހަމަލާއަކަށް ތައްޔާރުވެ ތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުން ދީފާނެ ނުރައްކާތެރި ހަމަލާއަކަށް ތައްޔާރުވެ ތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ހަރުކަށި ފިކުރާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ހަރުކަށި ފިކުރު މީހުންގެ ކަންކަން ބަލައި މޮނީޓަކުރަމުން އަންނަ ކަމަށާއި ނުރައްކާތެރި އަމަލެއް ހިންގުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅަން ތިބީ ތައްޔާރަށް ކަމަށެވެ.
"މާތްﷲގެ ރަހުމަތާއެކުގައި އަޅުގަނޑުމެން ރައްޔިތުންނަށް ބޮޑު ގެއްލުމެއް، ފަހަރެއްގައި މީހަކު އެކަނިމާއެކި ނުކުމެ ކޮންމެވެސް ކަމެއް ކޮށްލަފާނެ. ދާދި ފަހުން ލަންކާގައި ހިނގައިގެން ދިޔަ ފަދަ ބޮޑެތި ހިތާމަވެރި ހާދިސާއެއް ހިނގައިގެން ނުދާ ވަރަށް ﷲ އިދާރަދުކުރެއްވިއްޔާ ރާއްޖޭގެ މުއައްސަސާތަކުން އެ ކަންކަން މެނޭޖް ކުރަމުން ގެންދާނަން،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހަރުކަށި ފިކުރުގެ މީހުން ދިރިއުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކި ގޮތްގޮތަށް އެ މީހުންގެ ކަންކަން ބަލައި މޮނީޓަކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ނުރައްކާތެރި ކަންކަން ކޮށްފާނެ ކަމަށް ބެލެވޭ ހިސާބުތަކުގައި އޮޕަރޭޝަންތައް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2007 ގައި ސަލްޓަންޕާކްގައި ބޮން ގޮއްވި ހާދިސާއިން ފެށިގެން ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރެމުން ދިޔަ ނަމަވެސް ކުރީގެ ސަރުކާރުތަކުން އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
"ސަލްޓަން ޕާކްގެ ހާދިސާ އަށް ފަހު އައީ މި މައްސަލަ ބޮޑުވަމުން. އަޅުގަނޑު މިއަދު ދެރަވަން ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން މި ބޮޑު މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުތަކުން މަސައްކަތް ކުރައްވާފައި ހުރި ގޮތާ ދޭތެރޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވަން ފަހަރެއްގައި ވެސް މަސައްކަތް ނުކުރައްވައެކޭ. އެކަމަކު މިވަރުގެ މައްސަލައެއް ބޮޑުވަމުން އަންނައިރު މިއަށް ވުރެ އިތުރަށް ސަމާލުކަން ދީގެން، މިއަށް ވުރެ އިތުރަށް ތައްޔާރުވެގެން އެކަން ނުކުރެވި އޮތް އޮތުން އެއީ މިއަދު އަޅުގަނޑުމެން ދެރަވާން ޖެހޭ ކަމެއް."
އެ މައްސަލާގައި މިސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ އެ ވާހަކަ ސާފުކޮށް، ފާޅުގައި ދައްކަން ފެށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ހަރުކަށި ފިކުރު ހުއްޓުވުމަށް މުހިންމު މަސައްކަތެއް ފައްޓަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހަރުކަށި ފިކުރުން މީހުން ރިހެބިލިޓޭޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ މީހުން، އެހެން ކުށްތަކުގައި ޖަލަށް ލާފައިވާ މީހުންނާ އެއް ގޮޅިތަކެއްގައި ބޭތިއްބުމުން ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށާއި އެހެންކަމުން އެ ފިކުރުގެ މީހުން ވަރަށް އަވަހަށް އެހެން ގޮޅިތަކަކަށް ބަދަލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިދިޔަ ހަފުތާގައި ޓޫރިސްޓުންތަކަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާއިރު އެކަމުގައި ހިމެނެނީ ހަރުކަށި ފިކުރުގެ ބައެއްކަން ވަނީ އެނގިފަ އެވެ. އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައި ވާއިރު މިނިސްޓަރު ވިދާޅުވީ އެ ހަމަލާ ދިން މީހުން ބޭނުންވި ގޮތަށް އެ ކަން ނުކުރެވުނު ކަމަށާއި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގެ ހަމަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހަމަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު
ހުޅުމާލޭގައި ވަޅި ހެރި މައްސަލައިގެ ޒިންމާ "ނަގައިފި"
ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މަޑުއްވަރީގެ ބައެއް
ހުޅުމާލޭގެ ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރަށް
ހުޅުމާލޭގެ ހަމަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު
ރޭގެ ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރެއް ނުކުރޭ
ޗައިނާ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހަމަލަދީފި
އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން: ރައީސް
ސަފާރީ ކޭހަކީ އަޑު އެރި ވަރުގެ ކަމެއް ނޫން: އިމްރާން