04 ފެބުރުއަރީ 2020
ހުޅުމާލޭގައި ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް މިރޭ ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.
ހުޅުމާލޭގައި ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް މިރޭ ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ، އެ ތިން ފިރިހެނުންނަށް ހަމަލަދީފައި ވަނީ، ރެޑްބުލް ދަނޑު ކައިރިން ކަމަށެވެ. އެ މީހުންނަށް ހަމަލަދީފައި ވަނީ، މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުން ބުނީ، ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.
ޒަހަމްވި ތިން މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނިގޮތުގައި، އެ ތިން މީހުންގެ ހާލު ވެސް ސީރިއަސްއެއް ނޫނެވެ.
ފުލުހުން ބުނިގޮތުގައި، ޒަހަމްވި ތިން މީހުންގެ ތެރެއިން އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ހުރި ޗައިނާގެ މީހާ އަދި އޮސްޓްރޭލިއާގެ މީހާ އަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
ބައެއް މީހުން ބުނާގޮތުގައި ހަމަލަދީފައި ވަނީ ހުޅުމާލޭގެ ތިން ސަރަހައްދަކުންނެވެ. އެއީ ޓީޓައިމްސް ކެފޭ ކައިރި އާއި ވައިޓް ހާޕް ކައިރި އަދި ތަންދޫރީ ފްލޭމްސް ކައިރި އެވެ.
އެ މީހުންނަށް ހަމަލަދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭގެ 8:10 ހާއިރު އެވެ.
ޗައިނާގެ ދެ މީހަކަށް ހަމަލަދިނުމާ ގުޅިގެން، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަދި ފުލުހުންގެ ބައެއް އިސްވެރިން ފަހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ވަޑައިގެން އެ މީހުންގެ ހާލު އޮޅުން ފިލުއްވައިފަ އެވެ.
ޒަހަމްވި ތިން މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ޒަހަމްވި މީހުންގެ ހާލު ބައްލަވައިލެއްވުމަށް މިވަގުތު ހުޅުމާލެ ދާއިރާ އެމްޕީ @ali_niya , @MoTmv @ali20waheed @AmbassadorZhang @hdcmaldives ސުހައިލް އަަހްމަދު ހުޅުމާލެ ހޮސްޕިޓަލްގައި pic.twitter.com/gtW1ntHTX5
— Ali Niyaz 2019 (@Niyaz2019) February 4, 2020
ޗައިނާ ސަފީރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އެހެން ބައެއް އިސްވެރިން ހުޅުމާލޭ ހޮސްޕިޓަލްގައި
ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހަމަލަދީ ޒަހަމް ކޮށްލާފައި ވެ އެވެ. ހުޅުމާލޭގެ ނިރޮޅު މަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިން އެ މީހާ ދަނިކޮށް ތޫނު އެއްޗަކުން ހަމަލަދިނީ، ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް އޭރު ބުނެފައި ވެ އެވެ.
އެ މީހާގެ ވާތް ފަރާތު މެޔަށާއި ކޮލަށާއި ކޮނޑު މައްޗަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް ބަޔަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ.
ހަރުކަށި ފިކުރުން ދީފާނެ ގެއްލުމަކަށް ތިބީ ތައްޔާރަށް
ހުޅުމާލޭގެ ހަމަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ހަމަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު
ހުޅުމާލޭގައި ވަޅި ހެރި މައްސަލައިގެ ޒިންމާ "ނަގައިފި"
ހައްޔަރުކުރީ ހަރުކަށި ފިކުރުގެ މަޑުއްވަރީގެ ބައެއް
ހުޅުމާލޭގެ ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރަށް
ރޭގެ ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރެއް ނުކުރޭ
ހުޅުމާލޭގެ ހަމަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު
އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން: ރައީސް
ޗައިނާ ޓޫރިސްޓު ފޮނުވައި ނުލެވެނީ ދެކޮޅުހަދާތީ