11 ސެޕްޓެމްބަރ 2022
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު، އިލްހާމް އަހުމަދު ހުޅުމާލޭގައި ހިންގަވާ ކެފޭ އަށް ބަޔަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވަދެ މާރާމާރީ ހިންގައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު، އިލްހާމް އަހުމަދު ހުޅުމާލޭގައި ހިންގަވާ ކެފޭ އަށް ބަޔަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ވަދެ މާރާމާރީ ހިންގައިފި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިލްހާމް ދިރިއުޅުއްވާ ގޭގެ ތިރީގައި ހިންގާ "ވޮޑަމުއްލާ" އަށް ވަދެ އެ ހިންގި ހަމަނުޖެހުމުގައި ފިރިހެނަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރިޔަސް ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ގެމަނަފުއްޓާއި ދަނގެތި ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އިލްހާމްގެ ކެފޭ އަށް ބަޔަކު ވަދެ ހަމަލާދިނީ ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް އަށާއި އިތުރު މީހަކަށެވެ. ނާޒިލްގެ ބޮލުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލަދިނުމުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.
ބަޔަކު މީހުން އިލްހާމްގެ ކެފޭ އަށް ވަދެ ގެއްލުން ދީފައިވާއިރު ހަމަލާ ދިނީ ކީއްވެ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
ޖޭޕީގެ ކޮންގްރެސް އަންނަ ޑިސެމްބަރުމަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، އަދި ގޮފިތައް ހެދުމުގެ ވާދަވެރިކަމާއެކު އެ ޕާޓީގެ ތެރޭގައި މިހާރު ވަނީ ފެކްޝަންގެ ކޯޅުން ވަރަށް ބޮޑުވެފައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އިލްހާމަކީ، ގާސިމްގެ ވަރަށް އަރިސް އަދި އޭނާގެ ވަރަށް އިތުބާރު ބޮޑަށް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ވާއިރު، އިލްހާމަކީ ވެސް ދެ ފެކްޝަނުން އަނެއް ފެކްޝަންގެ އިސްބޭފުޅެއް ކަމަށް ޖޭޕީގެ އެތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ. ދެން އުފެދިފައިވާ ކޯލިޝަންގައި އިސްކޮށް އުޅުއްވަނީ ދެ ބޭފުޅަކީ ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދާއި ކައުންސިލް މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ނަވާޒު ކަމަށް އެނގިފައި ވެ އެވެ.
ނަމަވެސް ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ޕާޓީގެ އެތެރޭގައި ފެކްޝަންގެ ކޯޅުމެއް ނެތް ކަމަށެވެ.
"ގާސިމަކީ ޕާޓީގެ އެތެރޭގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރަން ފުރުސަތު ދެއްވާނެ ބޭފުޅެއް ނޫން،" ތިމާވެށި އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވި އެވެ،
އަލީ ސޯލިހަށް ހަމަލަދިނީ މަރާލާނެ ކަމުގެ އިންޒާރާއެކު!
ކުއްޖަކަށް ހަމަލާދިންކަމުގެ ރިޕޯޓެއް ނެތް: ޕޮލިސް
ކެފޭއަށް ގެއްލުން ދިން މައްސަލަ: 7 މީހަކު ހައްޔަރު
އަލީ ސޯލިހަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދަށް
ހުޅުމާލޭގައި ބިދޭސީން ބޮޑު މާރަމާރީއެއް ހިންގައިފި
މިސްކިތެއްގައި މާރާމާރީ ހިންގި މައްސަލައެއް ބަލަނީ
މިސްކިތުގައި ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް
ދުވަސްވީ މީހަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި
ބިދޭސީއަކަށް ހަމަލާދީ ފޯނާއި ވޮލެޓް ފޭރިއްޖެ
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް