ހުޅުމާލޭގެ ރާކަނި ބީޗުގައި ދެ މީހަކު ކޮފީއެއްގައި ރޭ ތިއްބައި އެ ތަނަށް ވަދެ އެ މީހުންނަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަކުރިކުރި މީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
16 ނޮވެމްބަރ 2024
ހުޅުމާލޭގެ ރާކަނި ބީޗުގައި ދެ މީހަކު ކޮފީއެއްގައި ރޭ ތިއްބައި އެ ތަނަށް ވަދެ އެ މީހުންނަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަކުރިކުރި މީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ހ. ހޯގުޅާމަންޒިލް މުހައްމަދު ޝަމްއޫން، 41 ތަހުގީގަށް ބަންދު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މީޑިއާ އަށް ނުދެ އެވެ.
ޝަމްއޫނަކީ މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލި ނަމަވެސް ނާކާމިޔާބުވި ކެންޑިޑޭޓެކެވެ.
ރާކަނި ބީޗު ކެފޭގައި އޭނާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ ފެންނަނީ ރޭ 11 ޖަހަނިކޮށް ދެ މީހަކު ކޮފީއެއްގައި ތިއްބައި ސައިކަލެއްގައި އިތުރު ދެ މީހަކު އެ ކެފޭ ކައިރިއަށް މަޑުކުރާ މަންޒަރެވެ. އެ ތަނުން އެކަކު ކެފޭއަށް ވަދެ، އެ ތަނުގައި ކޮފީއެއްގައި އިން މީހަކަށް ގޮނޑިން ހަމަލާދޭއިރު ސައިކަލުގައި އިން އަނެއް މީހާ ވެސް އެ ތަނަށް ވަދެ އޭނާ ކޮއްޕާލަ އެވެ.
ގައިގައި ތަޅާ އެ މީހާ އަށް އަނިޔާކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، ރާކަނި ބީޗުގައި ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓް ލިބިގެން އެ މައްސަލަ ބެލި ކަމަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރި މީހާ ބުނީ އޭނާގެ ކޮއްކޮ، ކޮފީއެއްގައި އިންދާ ހަމަލާދިން މައްސަލާގައި އެކަކު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ނަމަވެސް ދެން އެ ތަނަށް ވަތް މީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް އެ މީހާ ވަނީ މަރާލާނެ ކަމުގެ އިންޒާރު ދީފައި ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
އަންހެނެއްގެ ގައިގައި ކަޓަރު އަޅައި ފޭރުނު މައްސަލައެއް
އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ކޯޓުން ދޫކޮށްލައިފި
އަލީ ސޯލިހަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދަށް
ހުޅުމާލޭގައި ބިދޭސީން ބޮޑު މާރަމާރީއެއް ހިންގައިފި
މިސްކިތުގައި ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް
ދުވަސްވީ މީހަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ހަމަނުޖެހުން ހިންގި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ