18 ފެބުރުއަރީ 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއް މާރަމާރީ ހިންގައި ތިން މީހަކު މިރޭ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއް މާރަމާރީ ހިންގައި ތިން މީހަކު މިރޭ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއްގެ މެދުގައި މާރަމާރީއެއް ހިންގައިގެން އުޅޭތީ، ފުލުހުން އެ ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ ތިން މީހުން ހުޅުމާލޭގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
"މާރާމާރީ ހިންގާފައި ވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މާރަމާރީގައި ތިން ބިދޭސީއަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައި ވެ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ބުރަކަށްޓަށާއި އަތަށް ވަޅި ހަރާފައިވާއިރު، ލިބުނު ޒަހަމްތަކާއެކު އެކަކު އިނީ ބިންމަތީގައި އިށީނދެގެނެވެ.
ބެލެވޭ ގޮތުގައި ހަމަލާ ދިނުމަށް ފަހު ބައެއް ބިދޭސީން ވަނީ އެ ތަނުން ފިލައިފަ އެވެ.
ފޮޓޯތަކުން އެނގޭ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ފޭސް ދޭއްގެ ބީޗް ސަރަހައްދުގަ އެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ތިބި އިރު ގިނަ އަދަދެއްގެ މީހުން އުޅެނީ ގަވައިދާ ހިލާފަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބޮޑެތި ކުށްތަކުގައި ބައިވެރިވެ އެވެ.
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ހަމަނުޖެހުން ހިންގި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މާރާމާރީ ހިންގައިގެން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި
އަލީ ސޯލިހަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދަށް
ކޯރާޑިއަކުން މީހެއްގެ ބޮލުގައި ޖަހައި، ޒަހަމްކޮށްލައިފި
ފައިސާ ހޯދަން ޓެކްސީ ޑްރައިވަރަކު މަރާނުލީ ކިރިޔާ!
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި