Roadha Mihaaru

އުމުރުން ދުވަސްވީ މީހަކަށް މިސްކިތެއްގައި ހަމަލާ ދިން ބިދޭސީއަކުު ހައްޔަރުކޮށްފި

ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ މީހަކު ހައްޔަރުކޮށްފަ އެވެ.

ދުވަސްވީ މީހަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

15 ޖެނުއަރީ 2021

ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވި އެވެ.

އެ އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އެ އިދާރާ އިން ބުންޏެވެ.