Roadha Mihaaru
މިސްކިތެއްގައި މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި އަވަގުރާނަ ގޮވައި، މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

23 ޖޫން 2021

ހުޅުމާލޭގެ ވަގުތީ މިސްކިތުގެ ތެރޭގައި ހަޑިހުތުރު ބަހުން ހަޅޭއްލަވައި، ރޭ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ވަގުތީ މިސްކިތުގެ ތެރޭގައި ހަޑިހުތުރު ބަހުން ހަޅޭއްލަވައި، ރޭ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ހުޅުމާލޭގެ ރެޑްވޭވް ފިހާރަ ކައިރީގައި ހުންނަ ވަގުތީ މިސްކިތުގެ ތެރޭގައި ފިރިހެނަކު އަވަގުރާނަ ގޮވައި، މާރާމާރީ ހިންގާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު، އެ މީހާ ހަޅޭއްލަވަނިކޮށް މިސްކިތުގައި ހުރި އެހެން މީހަކު ވަނީ އޭނާގެ ބޮލުގައި ޖަހައިފަ އެވެ.

އެއާއެކު ޖެހި މީހާއާ ދިމާއަށް "އަވަގުރާނަ" ގޮވަމުން ގޮސް، އެ މީހާގެ ގައިގައި ކޮޅުފައިން ޖަހާ ތަން ވީޑިއޯ އިން ފެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ މީހުން ވެސް ވަނީ މާރާމާރީ ހިންގައިފަ އެވެ.

އެ މީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނިގޮތުގައި ނަމާދަށް ހުރި މީހެއްގެ މޭމަތީގައި ފައިން ޖެހުމަށް ފަހު، ހަޅޭއްލަވަން ފެށުމުން މައްސަލަ ހޫނުވީ އެވެ.

އެ މައްސަަލައާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭގެ 171 ނަމްބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތަށް ވަދެ އަޑުގަދަކޮށް، މީހުންނަށް އުނދަގޫކުރި މީހަކަށް ނަސޭހަތްތެރިވި މީހާ އާއި އަޑުގަދަ ކުރި މީހާއާ ދެމެދު މާރާމާރީއެއް ހިންގައިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ މަގްރިބް ނަމާދު ވަގުތު ކަމަށެވެ.

އެ މާރާމާރީގައި އެކަކަށް ކުދިކުދި އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.