23 ޖުލައި 2022
ޔޫއޭއީގެ އެންމެ އަގުހެޔޮ ބަޖެޓް އެއާލައިން، ވިޒް އެއާއިން ރާއްޖެ އަށް އަންނަ އޮކްޓޯބަރު މަހު ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ޔޫއޭއީގެ އެންމެ އަގުހެޔޮ ބަޖެޓް އެއާލައިން، ވިޒް އެއާއިން ރާއްޖެ އަށް އަންނަ އޮކްޓޯބަރު މަހު ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ވިޒް އެއާއިން އިއުލާންކުރި ގޮތުގައި، ޔުއޭއީގެ ވެރިރަށް އަބޫދާބީން ރާއްޖެ އަށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮޅަކަށް 319 ދިރުހަމް (1،333ރ.) އަށެވެ. އެ ދަތުރުތައް ފަށާނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ކޮންމެ ހަފުތާއެއްގެ އާދިއްތަ އާއި އަންގާރަ އާއި ބުރާސްފަތި އަދި ހޮނިހިރު ދުވަހު އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
އެ ދަތުރުތަކުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށައިފަ އެވެ. ޓިކެޓް ބުކް ކުރުމަށް ވިޒް އެއާގެ އެޕްލިކޭޝަން ނުވަތަ ވިޒްއެއާގެ ވެބްސައިޓް ބޭނުން ކުރެވޭނެ އެވެ.
ޓިކެޓް ބުކްކުރާއިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުންކުރުމުން، އެންމެ ލަސްވެގެން ފުރުމުގެ ތިން ގަޑިއިރުކުރިން ދަތުރު ކެންސަލް ކުރިއަސް ފުލް ރިފަންޑު ވިޒް އެކައުންޓަށް ލިބެ އެވެ.
އަބޫދާބީ އަކީ ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ މަގުބޫލް މަންޒިލެކެވެ.
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް
އެއާ އެރޭބިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީ ހޯދަނީ
މުންދު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ޔުއާން އާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ