02 ސެޕްޓެމްބަރ 2024
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ނިޔަލަށް ޒަމީރު ކުރައްވާ ދަތުރުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެ އާއި އެކުވެރި އަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ،" މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިދިޔަ ހަފްތާގައި ދަށްކޮށްފައިވާ އިރު، ޒަމީރު މި ފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅަކާ އެކު ސައުދީ އަރަބިއްޔާގެ އިތުރުން ބަހުރެއިން އަށް ވެސް ވަޑައިގެންފަ އެވެ.
އެ ދަތުރުތަކުގެ ތެރެއިން، ރާއްޖެއަށް މާލީ އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
ޔޫއޭއިން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ އެހީ ދެނީ
ޔޫއޭއީގެ އެމްބަސީއަށް ހުޅުމާލެއިން ބިމެއް ދޫކޮށްފި
ބަޖެޓް ސަޕޯޓަށް ޔޫއޭއީ އިން 50 މިލިއަން ޑޮލަރު
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
ސައުދީ ފަންޑުން އިތުރު އެހީ ހޯދަން މަޝްވަރާކޮށްފި
ފޮރިން މިނިސްޓަރު ޒަމީރާއި ގަވަރުނަރު ސައުދީއަށް
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި