Roadha Mihaaru
ބަޖެޓް ސަޕޯޓަށް ޔޫއޭއީ އިން 50 މިލިއަން ޑޮލަރު

ބަޖެޓް ސަޕޯޓަށް ޔޫއޭއީ އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު

06 ފެބުރުއަރީ 2019

ބަޖެޓް ސަޕޯޓަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ދޭން އިއްޔެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަޖެޓް ސަޕޯޓަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ދޭން އިއްޔެ ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަޖެޓު ސަޕޯޓުގެ ގޮތުގައި ޔޫއޭއީން ލޯން އެހީދޭން ނިންމާފައިވަނީ ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އަދި އެ ލޯނުގެ އިންޓްރެސްޓް ރޭޓް، އޭގެ ކުރިން ނެގި ލޯނުތަކަށް ވުރެ ކުޑަވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔޫއޭއީ އިން ލޯނު ދީފައިވަނީ ތިން ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ކަމަށް މިނިސްޓްރީން ބުންޏެެވެ.

ޔޫއޭއީ އިން ރާއްޖެ އަށް ލޯނު އެހީ ދޭން ނިންމާފައިވާއިރު، މިިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔޫއޭއީ އަށް ވަޑައިގެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައި ވެ އެވެ. އަދި އެ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގުޅުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ވެސް ވަނީ އެއްބަސްވެފަ އެވެ.