Roadha Mihaaru
ރައީސްގެ ހާއްސަ ސިޓީފުޅަކާ އެކު ޝާހިދު ޔޫއޭއީއަށް

ރައީސްގެ ހާއްސަ ސިޓީފުޅަކާ އެކު ޝާހިދު ޔޫއޭއީއަށް

26 ނޮވެމްބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅަކާ އެއްކޮށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ޔޫއޭއީއަށް ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅަކާ އެއްކޮށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ޔޫއޭއީއަށް ވަޑައިގެންފި އެވެ.

ޝާހިދު ޔޫއޭއީއަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބެއްގެ ގޮތުން އެ މަނިކުފާނުގެ ސިޓީފުޅެއް އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ހަވާލު ކުރެއްވުމަށެވެ. އެ ސިޓީފުޅުގެ ތަފްސީލެއް ދިވެހި ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ޝާހިދު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ

ޝާހިދު މިއަދު ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރާއްޖެއިން ޔޫއޭއީއާ ގާތް ގުޅުމެއް ދަނީ ބާއްވަމުންނެވެ. ޔޫއޭއީގެ އެންމެ ފަހުން ރައީސަކަށް ހުންނެވި ޒާޔިދު އަލް ނަހްޔާން އަވަހާރަވުމުން ވެސް އެމަނިކުފާނުގެ ޖަނާޒާގައި ރައީސް ބައިވެރިވެ ވަޑައިގަތެވެ. އަދި އާ ރައީސްއާ އެންމެ ފުރަތަމަ ބައްދަލުކުރި އެހެން ގައުމުތަކުގެ ވެރިން ތެރޭގައި ވެސް ރާއްޖޭގެ ރައީސް ހިމެނިވަޑައިގަތެވެ.