Roadha Mihaaru
ފޭދޫފިނޮޅު އާއްމުންނަށް ބާއްވަން މައުމޫން ގޮވާލައްވައިފި

ފޭދޫފިނޮޅު އާންމުންގެ ބޭނުންތަކަށް ބޭއްވުމަށް މައުމޫން ގޮވާލައްވައިފި

02 ޖެނުއަރީ 2017

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ދާދި ފަހުން ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލި ފޭދޫފިނޮޅު މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ދިނުމަށް ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ދާދި ފަހުން ޗައިނާގެ ކުންފުންޏަކަށް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލި ފޭދޫފިނޮޅު މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ދިނުމަށް ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ފޭދޫފިނޮޅުގައި ރިސޯޓެއް ހެދުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން އުފަލަކަށް ބޭނުންކުރާ ފޭދޫފިނޮޅު އާންމުންގެ ހިތްހަމަޖެހުމަށް އަނބުރާ ދިނުމަށް ޓޫރިޒަމް މިނިސްޓަރަށް ގޮވާލައްވާ ކަމަށެވެ. އަދި އެ މީހުން ދާނެ އިތުރު ތަނެއް ވެސް ނެތް ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫން ކުރެއްވި ޓްވީޓް

ފުލުހުންގެ ބޭނުންތަކަށް ކުރިން ދީފައި އޮތް 4.1 ހެކްޓަރުގެ ހިތްގައިމު ރަށް ވިއްކާލީ ޗައިނާގެ ކޮން ބަޔަކަށް ކަމެއް ނޭނގެ އެވެ.

ފޭދޫފިނޮޅުގައި ރިސޯޓެއް ހެދުމާ އެކި ފަރާތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ޕީޕީއެމްގެ ރައީސްގެ ފެކްޝަނުން މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ ފޭދޫފިނޮޅު ޕިކްނިކް ރަށެއްގެ ގޮތުގައި ބާއްވައިދޭން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކިބައިން އެދިފަ އެވެ.

މައުމޫންގެ ފެކްޝަނުން ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީއެއްގައިވަނީ ދަތުރު ދިއުމާއި މުނިފޫހިފިލުވަން މާލެ ކައިރިން ރަށްތައް ކަނޑައެޅިފައި ވަނީ މާލޭގެ އާބާދީ ބޮޑުވުމުގެ ސަބަބުން ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ،