21 ޖުލައި 2022
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ވެސް ދިވެހިރާއްޖެ ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް، އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަން (އޭބީބީއެފް) ގެ ރައީސް ދާތުކް ޕޯލް ޗުއާ ވިދާޅުވެއްޖެ އެވެ.
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ވެސް ދިވެހިރާއްޖެ ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް، އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަން (އޭބީބީއެފް) ގެ ރައީސް ދާތުކް ޕޯލް ޗުއާ ވިދާޅުވެއްޖެ އެވެ.
އޭޝިއާގެ 54 ވަނަ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގެ ކ. މާފުއްޓާއި ކްރޮސްރޯޑްސްގައި ކާމިޔާބުކަމާ އެކު މި ހަފުތާގައި ވަނީ ބާއްވައިފަ އެވެ.
މުބާރާތުގެ ހަވާސާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ޕޯލް ޗުއާ ވިދާޅުވީ ކްރޮސްރޯޑްސްގައި ހުރި ވަސީލަތްތައް ބަލައިފި ކަމަށާއި ދުނިޔޭގެ މުބާރާތުގެ ސްޓޭންޑަޑަށް އެތަން ފެށޭ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ 2024 ގެ ވޯލްޑް ޗެމްޕިއަންޝިޕް ކްރޮސް ރޯޑްގައި ބާއްވަން. އަޅުގަނޑަށް ހީވަނީ އެތަނަކީ ވަރަށް ފުރިހަމަ ތަނަކަށް ވާނެ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތެއް ބާއްވަން،" ސިންގަޕޫރަށް ނިސްބަތްވާ ޕޯލް ޗުއާ ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސްކަން ވެސް ކުރައްވާ ޕޯލް ޗުއާ ވިދާޅުވީ ރާއްޖޭގައި ނިމިގެން ދިޔައީ ވަރަށް ފުރިހަމަ މުބާރާތެއް ކަމަށެވެ. އަދި އަންހެން ކެޓަގަރީ ކްރޮސްރޯޑްސްގައި ބާއްވަން ޖެހުނަސް މައްސަލައެއް ދިމާނުވާ ކަމަށާއި އިންތިޒާމުތައް ވަރަށް ފުރިހަމަކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ ތައިލެންޑްގަ އެވެ. ރާއްޖެ އަށް ފުރުސަތު ލިބޭތޯ މަސައްކަތްކޮށްދެއްވާނެ ކަމަށް ޕޯލް ޗުއާ ވިދާޅުވީ އޭގެ ފަހުން 2024 ގައި އޮންނަ މުބާރާތެވެ.
ރާއްޖޭގެ ބޮޑީ ބިލްޑިން ތަރައްގީ ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތް އަގުވަޒން ކުރުމުގެ ގޮތުން އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަގުވަޒަން ކުރުމުގެ އެވޯޑެއް ދެނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
މިފަހަރުގެ މިސްޓަ އޭޝިއާގެ ޓައިޓަލް ހާސިލްކުރީ އިންޑިއާގެ ޔަތިންދްރަ ސިންހް އެވެ. މުބާރަތުގެ އެއްވަނަ ޓީމަކީ ވެސް އިންޑިއާ އެވެ. އެންމެ މޮޅު ޓީމު ހޮވަނީ މުބާރާތުގައި އެ ގައުމަކުން ތަމްސީލު ކުރި އެތުލީޓުން ހޯދި ކާމިޔާބަށް ބަލައިގެންނެވެ. އެންމެ ގިނަ ރަން މެޑަލް ހޯދީ އިންޑިއާ އެވެ. އަދި ޖުމުލަކޮށް އެންމެ ގިނަ މެޑަލް ހޯދީ ވެސް އެ ގައުމުގެ އެތުލީޓުންނެވެ.
ދެވަނަ ޓީމަކީ ތައިލެންޑެވެ. ތިންވަނަ ހޯދީ އީރާން އެވެ.
މިސްޓަ އޭޝިއާ ހޮވުމަށް ބޭއްވި އިވެންޓްގައި ވާދަކުރީ ބޮޑީ ބިލްޑް ކެޓަގަރީން ރަން މެޑަލް ހޯދި 10 އެތުލީޓުންނެވެ. އެ އިވެންޓްގައި 55 ކިލޯގެ ކެޓަގަރީގައި ރަން މެޑަލް ހޯދި ރާއްޖޭގެ މުހައްމަދު މޫސާ (މޯޑް) ވެސް ބައިވެރިވި އެވެ. އެއާ އެކު އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
މުބާރާތުގައި ރާއްޖެއިން ކަނޑައެޅީ ޖުމުލަ 10 މެޑަލް ހޯދުމަށެވެ. އެކަމަކު ރާއްޖެ އަށް ލިބުނީ ހަ މެޑެއްޔެވެ. އެހެންވިޔަސް މިއީ އޭޝިއާ ބައްރުގެ މުބާރާތެއްގައި ރާއްްޖެ އިން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ރާއްޖޭން ހޯދި ހަ މެޑަލްގެ ތެރޭގައި ތިން ރަން މެޑަލް ހިމެނެ އެވެ. ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނީ މޯޑުގެ އިތުރުން ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން އަޒްނީން ރަޝާދު އާއި އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީން ހުސައިން ހިމްޔާން އެވެ.
އެތުލެޓިކް ފިޒިކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑައްޔާއި ބްރޯންޒް މެޑަލް ވެސް ރާއްޖޭގެ އެތުލީޓުން ހޯދި އެވެ. ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ބްރޯންޒް މެޑަލް ހޯދީ މުހައްމަދު ޒިދާނެވެ. މިދިޔަ އާދިއްތަ ދުވަހު، އޯވާ 180 ސީއެމް ކެޓަގަރީގައި ވާދަކޮށް މުހައްމަދު އިމްރާހް ވެސް ބްރޯންޒް މެޑަލް ހޯދި އެވެ.
މިސްޓަ މޯލްޑިވްސްގެ ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަނީ
ދެކުނު އޭޝިއާ ޗެމްޕިއަންޝިޕުން އަޒުނީނަށް ރެކޯޑެއް
އޭޝިއާގެ މުބާރާތުން އަޒުނީނާއި ޔާންބެ އަށް ރަން މެޑަލް
ދެކުނު އޭޝިއާ މުބާރާތުން މޯޑް އާއި އަޒްނީނަށް ރެކޯޑެއް
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ރާއްޖޭގެ އަމާޒު ރަނަށް
ޔާންބެ އާއި އަޒްނީނަށް މިސްޓަ މޯލްޑިވްސްގެ ރެކޯޑެއް
ދެކުނު އޭޝިއާ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި
ބޮޑީބިލްޑިން ކޯޗަކަށް ހަސީބު، ޓާގެޓް ރަން މެޑެއްޔަށް
ރަން މެޑަލް ހޯދި އެތުލީޓުން ގައުމީ ޓީމުގައި ހިމަނައިފި
މިސްޓަ މޯލްޑިވްސް ހޮވުން މާޗް 21 ގައި