12 ސެޕްޓެމްބަރ 2022
ޖުލައި މަހު ރާއްޖޭގައި ބޭއްވި އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ތިން އެތުލީޓުން ހިމަނައިގެން ދުނިޔޭގެ މުބާރާތަށް ގައުމީ ޓީމު އެކުލަވާލައިފި އެވެ.
ޖުލައި މަހު ރާއްޖޭގައި ބޭއްވި އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ތިން އެތުލީޓުން ހިމަނައިގެން ދުނިޔޭގެ މުބާރާތަށް ގައުމީ ޓީމު އެކުލަވާލައިފި އެވެ.
ޑިސެމްބަރު 6-12 އަށް ތައިލެންޑްގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަތް އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި، މުހައްމަދު މޫސާ (މޯޑް) އާއި އަޒުނީން ރަޝާދު އަދި ހުސައިން ހިމްޔާން ހިމެނެ އެވެ.
ކ. މާފުށީގައި ބޭއްވި މުބާރާތުގެ ފިރިހެން އިވެންޓްތަކުގައި މޯޑް ވަނީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދައި، މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
އަޒްނީން ވަނީ ސްޕޯޓް ފިޒީކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ. އެޔާއެކު ގއ. ވިލިގިއްޔަށް އުފަން އަޒްނީން ވެފައި ވަނީ އޭޝިއާގެ ބައްރުގެ މުބާރާތެއްގައި ރާއްޖޭގައި ވާދަކޮށް ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓަށެވެ. ހިމްޔާން ރަން މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 175 ސީއެމް ކެޓަގަރީންނެވެ.
ދުނިޔޭގެ ބޮޑީ ބިލްޑިން މުބާރަތަށް ނެގި ގައުމީ ބޮޑީ ބިލްޑިން ޓީމާއެކު، ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ އިސް ވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: ބީބީއޭއެމް
އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދު އާއި އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް ވެސް ވަނީ ގައުމީ ޓީމުގައި ހިމަނައިފަ އެވެ. އަދި އޭޝިއާގެ މުބާރާތުން މެޑައްޔަކާ ވަރަށް ކައިރިއަށް ދިޔަ، ރާއްޖޭގެ ޗެމްޕިއަން ނުވަތަ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން ވެސް ގައުމީ ސްކޮޑްގައި ވަނީ ހިމަނައިފަ އެވެ. ދެން ހިމެނެނީ އޭޝިއާގެ މުބާރަތަށް ނެގި 20 އެތުލީޓުންގެ ތެރެއިން ޓީމު އޭ ގައި ހިމެނުނު އަބްދުﷲ އަހުސަނެވެ. އެތުލެޓީކް ފިޒީކް 160 ސީއެމް ކެޓަގަރީން ބްރޯން މެޑަލް ހޯދި މުހައްމަދު ޒިދާން ޓީމުގައި ނެތެވެ.
އަޒްނީން ރަޝާދު
މުހައްމަދު މޫސާ
ހުސައިން ހިމްޔާން
މުހައްމަދު ޔާމީން
ފަތުހުﷲ މުހައްމަދު
މުހައްމަދު އިމްރާހް
އަބްދުﷲ އަހުސަން
މުބާރާތަށް ގައުމީ ޓީމު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ، އޭޝިއާގެ މުބާރާތުގައި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުލް ހަސީބް އެވެ.
މިދިޔަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ހެޑް ކޯޗެއްގެ ގޮތުގައި ހަސީބް ވަނީ މަސައްކަތް ކޮށްފަ އެވެ. އޭޝިއާގެ މުބާރާތުގައި ގައުމީ ޓީމުގެ ހެޑް ކޯޗުކަން ކުރީ 1999 ގެ މިސްޓަ އޭޝިއާ ޓައިޓަލްގެ މަގާމު ހޯދި މެލޭޝިއާގެ ވޮން ހޮން އެވެ.
ބޮޑީބިލްޑިން ކޯޗަކަށް ހަސީބު، ޓާގެޓް ރަން މެޑެއްޔަށް
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ދެކުނު އޭޝިއާ ޗެމްޕިއަންޝިޕުން އަޒުނީނަށް ރެކޯޑެއް
ބޮޑީބިލްޑިން ދުނިޔޭގެ މުބާރާތަށް 11 މިލިއަން ރުފިޔާ
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ
އޭޝިއާގެ މުބާރާތުން އަޒުނީނާއި ޔާންބެ އަށް ރަން މެޑަލް
ދެކުނު އޭޝިއާ މުބާރާތުން މޯޑް އާއި އަޒްނީނަށް ރެކޯޑެއް
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ރާއްޖޭގެ އަމާޒު ރަނަށް
ދެކުނު އޭޝިއާ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި