Roadha Mihaaru
ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ރާއްޖޭގެ އަމާޒު ރަނަށް

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މިއަދު ރާއްޖޭގައި، ދިވެހި ޓީމުގެ އަމާޒު ރަނަށް

07 ޖުލައި 2023

މިއަދު ރާއްޖޭގައި ފަށާ، ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރުގައި އަމާޒަކީ ރަން މެޑަލް ގެނައުން ކަމަށް، ޓީމުގެ ކޯޗު އަބްދުލް ހަސީބު ބުނެފި އެވެ.

މިއަދު ރާއްޖޭގައި ފަށާ، ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރުގައި އަމާޒަކީ ރަން މެޑަލް ގެނައުން ކަމަށް، ޓީމުގެ ކޯޗު އަބްދުލް ހަސީބު ބުނެފި އެވެ.

މުބާރާތުގެ ރަސްމީ އިވެންޓްތައް މިއަދު މެންދުރު ފަހު ސޯޝަލް ސެންޓަރުގައި ފަށާނެ އެވެ. މުބާރާތަށް ރާއްޖޭން ވަނީ 18 ބޮޑީބިލްޑަރުން ނަގައިފަ އެވެ.

ނަމަވެސް، އެންމެ ފުރަތަމަ ރާއްޖެއިން އެކުލަވާލައި މުބާރާތަށް ތައްޔާރު ކުރަމުން ގެންދިޔައީ 10 އެތުލީޓުންނެވެ. އެކަމަކު ރާއްޖޭގެ ޓީމުގައި އިތުރު އަށް އެތުލީޓުން ޖެހީ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ހަމީދު އަންގަވައިގެންނެވެ

ރާއްޖޭގެ ބޮޑީބިލްޑަރުން މުބާރާތުގައި ޕާފާމް ކުރަނީ، މި ހަފުތާގައި ބޭއްވި ގައުމީ ބޮޑީބިލްޑިން މުބާރާތް، ނުވަތަ "މިސްޓަ މޯލްޑިވްސް" އަށް ފަހު އެވެ.

މިސްޓަ މޯލްޑިވްސް ހޮވުމަށް ރޭ ބޭއްވި މުބާރާތުގައި ބޮޑީ ބިލްޑިންގް ކެޓެގަރީގައި ޔާމީން ވާދަކުރަނީ، އެނާ ވަނީ މިސްޓަ މޯލްޑިވްސް ޓައިޓަލް ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދާފައި .-- ނިޝާން އަލީ | މިހާރު

މިސްޓަ މޯލްޑިވްސް ހޮވުމަށް ރޭ ބޭއްވި މުބާރާތުގައި ބޮޑީ ބިލްޑިންގް ކެޓެގަރީގައި ޔާމީން ވާދަކުރަނީ، އެނާ ވަނީ މިސްޓަ މޯލްޑިވްސް ޓައިޓަލް ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދާފައި .-- ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން ތައްޔާރު ކުރީ ގަދަ 10. އެކަމަކު މިސްޓަ މޯލްޑިވްސް ނިމުނުތަނުން އޭގައި ޕާފޯމް ކުރި ބައެއް ކުދިން ބޭނުންވެއްޖެ ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ޕާފޯމްކުރަން. ދެން ރާއްޖޭގައި މުބާރާތް ބާއްވާތީ އެކުދިން އެ ފުރުސަތު ބޭނުންވާކަން ހާމަ ކުރީމަ ރައީސް [އިބްރާހިމް ހަމީދު] އަންގީ ރާއްޖޭގެ ޓީމުގެ ޖުމުލަ އަދަދު 18 އަށް ހަދަން،" ހަސީބް ބުންޏެވެ.

އެންމެ ފުރަތަމަ އެކުލަވާލި ގަދަ 10 އެތުލީޓުންގެ ތެރޭގައި ހިމެނެނީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕް އަދި ތައިލެންޑްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ކާމިޔާބު ހޯދި އެތުލީޓުންނެވެ.

ހަސީބް ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިސްޓަ މޯލްޑިވްސް އަށް ފަހު ދެކުނު އޭޝިއާގެ މުބާރާތުގައި ޕާފޯމްކުރަން ޖެހުން ކަމަށެވެ. އެހެންވެ ރާއްޖޭގެ އެތުލީޓުންގެ ޕާފޯމަންސް ރަނގަޅުވާނެ ކަމުގެ އުންމީދު އޭނާ އަށް އެބައޮތެވެ.

މިސްޓަ މޯލްޑިވްސްގެ ޓައިޓަލް މިފަހަރު ވެސް ގެންދިޔައީ މުހައްމަދު ޔާމީން (ޔާންބެ) އެވެ. އަދި އެތުލެޓީކް ފިޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދީ އަޒްނީން ރަޝާދެވެ.