Roadha Mihaaru
ދެކުނު އޭޝިއާ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި

20 އަހަރަށް ފަހު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖެ އަށް

12 ފެބުރުއަރީ 2023

ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް، ޖުލައި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް، ޖުލައި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް ވަނީ ރާއްޖޭގައި ބާއްވައިފަ އެވެ. އެގޮތުން ބަނޑޮސް އައިލެންޑް ރިސޯޓްގައި 2001 ގެ ރާއްޖޭގައި މުބާރާތް ބޭއްވި އެވެ. ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމުގެ ކޯޗު އަބްދުލް ހަސީބް ވަނީ އެ ފަހަރު މުބާރާތުގައި ވާދަކޮށް މެޑަލް ހޯދައިފަ އެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމުން) ބުނީ ރާއްޖޭގައި ބާއްވާ މުބާރާތް އޮންނާނީ ޖުލައި 10-14 އަށް ކަމަށެވެ. އޭގެ ކުރިން މިސްޓަ މޯލްޑިވްސް ރާއްޖޭގައި އޮންނާނެ އެވެ. މިދިޔަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕް ބޭއްވީ ރާއްޖޭގެ ކ. މާފުއްޓާއި ކްރޮސް ރޯޑްގަ އެވެ.

މިދިޔަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭ މުހައްމަދު މޫސާ އާއި އަޒްނީން ރަޝާދު އަދި ހުސައިން ހިމްޔާން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އަދި ތައިލެންޑްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް އަޒްނީން ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން، ރަން މެޑަލް ހޯދައި މޯޑް ވަނީ މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ އަކީ މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

ދެކުނު އޭޝިއާ ޗެމްޕިއަންޝިޕަށް ނެގި ޓީމުގައި ވެސް އޭނާ ހިމެނެ އެވެ. އެ މުބާރަތަށް ތައްޔާރުވުމަށް 10 އެތުލިޓުން ވަނީ ނަގައިފަ އެވެ. މިފަހަރު ވެސް ދިވެހި ޓީމުގެ ކެޕްޓަނަކީ އަޒްނީނެވެ.