31 އޯގަސްޓް 2024
ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) ގެ ދެ ކިޑްނީ ފެއިލްވެ އޭނާ އެކަމުގެ ފަރުވާ އަށް އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) ގެ ދެ ކިޑްނީ ފެއިލްވެ އޭނާ އެކަމުގެ ފަރުވާ އަށް އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
މިސްޓަ މޯލްޑިވްސްގެ މަގާމުގައި މިވަގުތު ހުރި އަދި އެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ޔާންބެ ބުނީ ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި އޭނާ ހުރިކަން އެނގުނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށާއި ޑޮކްޓަރުން ލަފާ ދެނީ ޓްރާންސްޕްލާންޓް ހަދަން ކަމަށެވެ.
"ޒުވާން ވީމާ ޑޮކްޓަރުން ބުނީ އެންމެ ރަނގަޅުވާނީ ޓްރާންސްޕްލާންޓް ހެދުމޭ. އެ ނޫނީ ދެން އޮންނާނީ ޑަޔަލިސް ހެދުން،" ޔާންބެ ބުންޏެވެ.
އޭނާގެ ފަރުވާ އަށް، އަމުދުން ޓްރާންސްޕްލާންޓް ހަދާ ނަމަ ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީވެ އުފަން ރަށް ށ. ފުނަދޫގެ ބަޔަކު އިސްވެ މިއަދު ވަނީ ފަންޑްރައިޒިން އެއް ފަށައިފަ އެވެ.
"އަޅުގަނޑު އެދެން ވަރަށް ބޮޑަށް އާއްމުންގެ އެހީތެރިކަމަށް،" ޔާންބެ ބުންޏެވެ.
"އަޅުގަނޑުމެން މި ކުޅިވަރުން ރާއްޖެ އަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިން ނަމަވެސް އެކަށީގެންވާ ފައިސާގެ އިނާމެއް ލިބިފައެއް ނުވޭ."
ޔާންބެ ބުނީ ކުރިން މި ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި، މައްސަލައެއް އުޅޭކަން އެނގުނީ ކުޑަކޮށް އުނދަގޫތަކެއް ވާތީ ހެދި ލޭގެ ޓެސްޓަކުން ކަމަށެވެ. އޭގެ ފަހުން މިވީ މަހެއްހާ ދުވަހު އޭނާ ވަނީ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައި އެތައް ޓެސްޓުތަކެއް ހަދައިފަ އެވެ.
"ޑޮކްޓަރުން ބުނަނީ މިހާރު ހުރީ ފަސް ވަނަ ސްޓޭޖުގައޭ. އެއީ މި ބަލީގެ އެންމެ ފަހު ސްޓޭޖް. މިއީ އަނބުރާ ދެން ރަނގަޅުކުރެވޭނެ ބައްޔެއް ނޫން،" ޔާންބެ ބުންޏެވެ.
"މިވަގުތު ކުޅިވަރާ އެއްކޮށް ދުރުގައި މިހުރީ. ފޯކަސް އޮތީ މި ކަމުން އަރައިގަތުމަށް."
ޔާންބެ އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދީ 2017 ގަ އެވެ. އޭގެ ފަހުން 2021، 2022، އަދި 2023 ގައި ހޯދައި ޖުމްލަ ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި އެވެ. އަދި އޭނާ ވަނީ 2022 ވަނަ އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ޗެލެންޖް ބޮޑު އެއް ކެޓަގަރީ ކަމަށްވާ ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.
ޔާންބެ އާއި އަޒްނީނަށް މިސްޓަ މޯލްޑިވްސްގެ ރެކޯޑެއް
ވޯލްޑް ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ބޭއްވޭތޯ ބަލަނީ
ވޯލްޑް ޗެމްޕިއަންޝިޕުން ޝާހީނާއި އަޒްނީނަށް ރަން މެޑަލް
ބޮޑީބިލްޑިން މުބާރާތާ ގުޅިގެން މާފަށް އެދިއްޖެ
55 ގައުމު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް
ގައުމަށް ހޯދައިދޭ ރީތި ނަމުގެ ބަދަލަކީ "ނާށިގަނޑު"؟
ޓިކްޓޮކް ލައިވްގައި ޔާމްބެއަށް ދެލައްކަ ރުފިޔާގެ އެހީ
އޭޝިއަން ޗެމްޕިއަންޝިޕުން އަހުސަނަށް ވެސް ރަން މެޑަލް
އޭޝިއަން ޗެމްޕިއަންޝިޕުން އަޒުނީނަށް ރަން މެޑަލް
ދެކުނު އޭޝިއާ ޗެމްޕިއަންޝިޕުން އަޒުނީނަށް ރެކޯޑެއް