Roadha Mihaaru
ޖެޓް ފިއުލްގެ ސްޓޮކް ގެނެސްފި

ޖެޓް ފިއުލްގެ ސްޓޮކް ގެނެސްފި

14 ޖުލައި 2022

ޖެޓް ފިއުލްގެ އާ ސްޓޮކެއް ރާއްޖެ އަށް ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖެޓް ފިއުލްގެ އާ ސްޓޮކެއް ރާއްޖެ އަށް ގެނެސްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ޖެޓް ފިއުލްއާ އެކު ބޯޓު މިއަދު ރާއްޖޭގެ ބަނދަރަށް ވަދެފައިވާ ކަމަށެވެ.

އާ ސްޓޮކްއާ އެކު ކޮންޓްރޯލް ކޮށްގެން ޖެޓް ފިއުލް ވިއްކުމުގެ ބަދަލުގައި އެއާލައިންތަކުން ބޭނުންވާ ވަރަށް ފޯރުކޮށްދެވޭނެ އެވެ.

ޖެޓް ފިއުލްގެ ޑިމާންޑް އެހާ ބޮޑަށް އިތުރުވީ އަވަށްޓެރި ލަންކާއިން ކުރިން ތެޔޮ ހޯދަމުން ދިޔަ ގިނަ އެއާލައިންތަކުން ރާއްޖެއަށް ތެޔޮ އަޅަން އަންނަން ފެށުމުންނެވެ. ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ވަނީ ޖެހިފަ އެވެ. އެހާ ބޮޑަށް ޑިމާންޑް އިތުރުވި ނަމަވެސް ތެޔޮ ރައްކާ ކުރެވޭނެ އިތުރު ގޮތްތަކެއް އަދި އެމްއޭސީއެލްއަށް ފަހިވެފައެއް ނެތެވެ. އެހެންނަމަވެސް، އަންނަ ސެޕްޓެމްބަރު ހިސާބުގައި އާ ފިއުލް ފާމުގެ ބޭނުން ކުރަން ފެށުމުން ތެޔޮ ރައްކާ ކުރެވޭނެ ޖާގަ އިތުރުވާނެ އެވެ.

އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45 މިލިއަން ލީޓަރުގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ. އެ ފާމްގައި ތެޔޮ ރައްކާ ކުރަން ތިން ޓޭންކް ހުންނާނެ އެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އެމްއޭސީއެލަށް ޖެޓް ފިއުލް ސްޓޮކް އެއްވަރެއްގައި ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވި އެވެ. އެ ފަހަރު ވެސް އެ މައްސަލަ ދިމާވީ އާ ސްޓޮކް ލިިބުމުުގައި ލަސްތަކެއްް ދިމާވުމުންނެވެ.