04 ޖުލައި 2022
ޖެޓް ފިއުލް ކޮންރޯލް ކޮށްގެން އެއާލައިންތަކަށް ވިއްކަން ޖެހޭ މައްސަލަ ހައްލު ކުރަން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
ޖެޓް ފިއުލް ކޮންރޯލް ކޮށްގެން އެއާލައިންތަކަށް ވިއްކަން ޖެހޭ މައްސަލަ ހައްލު ކުރަން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނިން ބުނީ، އެއާލައިންތަކަށް ބޭނުންވާ ޖެޓް ފިއުލް ކޮންޓްރޯލް ކުރަން މި ފަހަރު ވެސް ޖެހުނީ އާ ސްޓޮކް ލަސްވުމުން ކަމަށެވެ. އެހެންވެ، ކޮންޓްރޯލް ކޮށްގެން ޖެޓް ފިއުލް ވިއްކަނީ ހުސް ނުވެ، ހުރިހާ ފްލައިޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އަދި އެއީ އާންމުކޮށް ވަރަށް މަދުން ނޫނީ ދިމާ ނުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތެޔޮ ސްޓޮކް ލިބުމުގައި ލަސްތަކެއް އުޅުނު ނަމަވެސް ރާއްޖެ އިން ފުރާ މަތިންދާބޯޓުތަކަށް ބޭނުންވާ ވަަރަށް ތެޔޮ ލިބޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އެމްއޭސީއެލަށް ޖެޓް ފިއުލް ސްޓޮކް އެއްވަރެއްގައި ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވި އެވެ. އެ ފަހަރު ވެސް އެ މައްސަލަ ދިމާވީ އާ ސްޓޮކް ލިިބުމުުގައި ލަސްތަކެއްް ދިމާވުމުންނެވެ.
ޖެޓް ފިއުލްގެ ސްޓޮކް ގެނެސްފި
އާ ފިއުލް ފާމް ބޭނުންކުރާނީ ސެޕްޓެމްބަރުގައި: މަހުޖޫބް
އެމްއޭސީއެލް އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
އެމްއޭސީއެލްއިން ފަޔާ ފައިޓަރުން ތަމްރީނުކޮށްފި