13 ޖުލައި 2022
މިއަދު ފެށި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗަށް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބްގެ އޮފިޝަލުން ހާޒިރުނުވުމުން، އެ މެޗުގައި އެ ދެ ޓީމާ ދެކޮޅަށް ނުކުތް ދިވެހި ސިފައިންގެ ކްލަބް މެޗުން މޮޅުވި ކަމަށް ނިންމައިފި އެވެ.
މިއަދު ފެށި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗަށް، ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބްގެ އޮފިޝަލުން ހާޒިރުނުވުމުން، އެ މެޗުގައި އެ ދެ ޓީމާ ދެކޮޅަށް ނުކުތް ދިވެހި ސިފައިންގެ ކްލަބް މެޗުން މޮޅުވި ކަމަށް ނިންމައިފި އެވެ.
މެޗަށް ކެޕިޓަލުން ހަމަވީ އެ ޓީމުގެ ފުރަތަމަ 11 ގައި ކުޅޭ ކުޅުންތެރިން އެކަންޏެވެ. ބަދަލުގައި ކުޅުންތެރިޔަކު ވެސް ނެތެވެ. ޓީމުގެ އޮފިޝަލެއް ވެސް ބެންޗުގައި ނެތެވެ. މެޗަށް ތައްޔާރު ވެގެން ސިފައިންގެ ކްލަބް ތިބިނަމަވެސް މެޗު ކުރިއަކަށް ނުގެންދެ އެވެ. އެފްއޭއެމްގެ އޮފިޝަލް މީޑީއާ އަށް މައުލޫމާތު ދެމުން ބުނީ، ކެޕިޓަލްގެ އޮފިޝަލުން ހާޒިރު ނުވާތީ ސިފައިން މެޗުން މޮޅުވި ކަމަށް ނިންމައި ތިން ޕޮއިންޓާއި ދެ ގޯލް އެ ޓީމަށް ލިބިފައިވާ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓެންޓް ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ ކުޅުނު މެޗު ޓެންޓުން ކާމިޔާބު ކުރީ 4-1 ން ނެވެ.
ޓެންޓްގެ އަރާޝް އައްސަދު މުހައްމަދު ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ލަންކާގެ ފޯވޯޑް މަުހައްމަދު ފަޒާލް މުހައްމަދު ނައިޒަރެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީކޭއިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހި އެވެ. އެ ލަނޑު ޖެހީ އަހްމަދު އަބްދުލް އަޒީޒެވެ. ދެވަނަ ހާފަށް ނުކުމެ ހަތަރު ވަނަ މިނެޓްގައި އަރާޝް ވަނީ ޓެންޓްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޓެންޓްގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޔޫޝައު ބިން އަލީ ނަޝީދެވެ.
މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ބިސް ބުރު އަދި ޖޭޖޭ ސްޕޯޓްސް އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ ބުރު ސްޕޯޓްސް އާއި ކުޑަ ހެންވޭރު ޔުނައިޓެޑެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ އެ ޑިވިޝަންގައި އެންމެ ވާދަވެރި ވާނެ ކަމަށް ބެލެވޭ ފަޖހަރެވެ. ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް، ސަސްޕެންޝަނުން ސަލާމަތް ވެގެން އައިސް ދެވަނަ ޑިވިޝަންގައި ވާދަ ކުރެ އެވެ.
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ބިރުބޮޑު، ދިވެހި ފުޓްބޯޅަ އަށް ނުރައްކަލުގެ ރަނގަބީލު
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި
އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖާ މެދު ސުވާލު އުފެދިއްޖެ
ރެލިގޭޝަނަކާ ނުލައި ޕްރޮމޯޓް ކުރުން ގަވާއިދާ ހިލާފު
"ހިލޭ" ކުރި މަސައްކަތް އެހެން މުވައްޒަފަކަށް ހިލޭ