13 ޖުލައި 2022
ޔޫރޯގެ އަގު ވަރަށް ބޮޑަށް ވެއްޓި ޑޮލަރާ އެއްވަރުވެއްޖެ އަރައިފި އެވެ.
ޔޫރޯގެ އަގު ވަރަށް ބޮޑަށް ވެއްޓި ޑޮލަރާ އެއްވަރުވެއްޖެ އަރައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި މިހާތަނަށް އެންމެ ވަރުގަދަ އެއް ފައިސާ، ޔޫރޯގެ އަގު އެހާ ބޮޑަަށް ވެއްޓުނީ، ޔޫރަޕަށް އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ ފޯރުކޮށްދެމުން އަންނަ ރަޝިޔާއިން ހަކަތަ ފޯރުކޮށްދިނުން ހުއްޓާލަން ނިންމުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔޫރޯގެ އަގު އަންނަނީ ވެއްޓެމުންނެވެ. އޭރު އަގަކީ ޑޮލަރަކަށް 1.13 ޔޫރޯގެ އެވެ. މިވަގުތު އެއް ޑޮލަރުގެ އަގަކީ އެއް ޔޫރޯ އެވެ.
މިފަދަ ހާލަތެއް މީގެ ކުރިން ދިމާވީ 2002 ވަނަ އަހަރު އެވެ. އެފަހަރު އެއް ޑޮލަރަށް 0.99 ޔޫރޯއަށް އަގު ތިރިވި އެވެ. އެއަށްފަހު ޔޫރޯގެ އަގު އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. ޔޫރޯގެ އަގު 2008 ވަނަ އަހަރުން ފެށިގެން އެވްރެޖްކޮށް ހުރީ ޑޮލަރަކަށް 1.60 ޔޫރޯގަ އެވެ.
މިއީ މި ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޑޮލަރުގެ އަގާއި ޔޫރޯގެ އަގު އެއް ހަމައަށް އެރި ފުރަތަމަ ފަހަރެވެ. މިއާ އެކު ޔޫރަޕްގެ ކުންފުނިތަކުން އިމްްޕޯޓުކުރާ މުދަލަށް މިހާރަށް ވުރެ ބޮޑު އަދަދެއް ދަށްކަން ޖެހޭނެ އެވެ. އަދި އެކްސްޕޯޓުކުރާ ފަރާތްތަކުން ދައްކަން ޖެހޭނީ ކުރިއަށް ވުރެ މަދު ފައިސާ އެވެ.
ރަޝިއާއިން ގޭސް ފޯރުކޮށްދިނުން ލިމިޓް ކުރުމުން މިހާތަނަށް ޔޫރަޕްގެ 12 ގައުމަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވެ އެވެ.
ޔޫރޯއަށް މި އައި ބަދަލާ އެކު ޔޫރަޕްގެ ގައުމުތަކުގެ އިންޕްލޭޝަން 8.6 ޕަސެންޓަށް ވަނީ މައްޗަށް އަރައިފަ އެވެ.
ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީ) އިން ވަނީ އިންޕްލޭޝަން ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޓްރެސްޓް ބޮޑުކުރަން ނިންމާފަ އެވެ. ނަމަވެސް، ބައެއް އެނަލިސްޓުން ވަނީ އީސީބީން ހާލަތު ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅިލެއް މާ ލަސް ކަމަށް ބުނެފަ އެވެ. އީސީބީން އިންޕްލޭޝަން ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާއަށް ވުރެ ފަހުންނެވެ.
މާދަމާ ޔޫރަޕިއަން ކޮމިޝަނުން އެ ސަރަހައްދުގެ އިގްތިސާދީ ފޯކާސްޓްތައް ހާމަކުރުމަށް ވަނީ ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި ކުރިން ކަނޑައެޅި ފޯކާސްޓްތަކަށް ވުރެ މާދަން ހާމަކުރާ ފޯކާސްޓްތަކުގައި އިގްތިސާދު އިތުރަށް ދަށަށް ދާނެ ކަމަށް ލަފާކުރާނެ އެވެ
ހަމަހަމަ ފުރުސަތުދީ، އީޔޫގެ ޑިއުޓީ ކުޑަކުރަން އެދިއްޖެ
އިންވެސްޓަރުންނަށް ފަސޭހަކުރަން ގާނޫނަށް ބަދަލު ގެންނަނީ
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް
މި ގުޅުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ: ނޭޓޯ
ރަޝިޔާ އިން ޕޮލެންޑާއި ބަލްގޭރިއާ އަށް ގޭސް ނުވިއްކާނެ
ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފެއިލްވެއްޖެ
ރަޝިޔާގެ ގޭހަށް ރުބެލް އިން އަގު ދައްކަން އަންގައިފި
ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލަނީ
އޭޝިޔާ، ޔޫރަޕްގައި ހަލުވިކަމާ އެކު ދޫނި ރޯގާ ފެތުރެނީ