02 ފެބުރުއަރީ 2024
ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ހަމަހަމަ ފުރުސަތު ގާއިމުކޮށްދީ، ރާއްޖޭގެ އިގުތިސާދު ޑައުވާސިފައި ކުރަން ކުރާ މަސައްކަތްތަކަށް އެހީވުމަށް، ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށްދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މިއަދު ގޮވާލައްވައިފި އެވެ.
ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ހަމަހަމަ ފުރުސަތު ގާއިމުކޮށްދީ، ރާއްޖޭގެ އިގުތިސާދު ޑައުވާސިފައި ކުރަން ކުރާ މަސައްކަތްތަކަށް އެހީވުމަށް، ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކުޑަކޮށްދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މިއަދު ގޮވާލައްވައިފި އެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ބޭއްވި އީޔޫ އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ވާހަކަ ދައްކަވަމުން ޒަމީރު ވަނީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މޫސުމީ ބަދަލުތަކާއި އިގުތިސާދީ ގޮތުން ދިމާވާ ދަތިތައް ފާހަގަކުރައްވައިފަ އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނެސް، ޑައިވާސިފައި ކުރަން ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފަ އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމަށްޓަކައި އީޔޫ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެކަމަކު އެންމެ މުހިންމީ އަމިއްލަ ވިލުންވެރިކަން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިއްސާ އަދާކުރެވޭނީ އެ ހިއްސާ އަދާކުރުމުގެ ގާބިލުކަން ލިބިގެން،" އޭނާ ވިދާޅުވި އެވެ.
އެކަމަށްޓަކައި ރާއްޖެ ފަދަ ގައުމުތަކަށް އެންމެ ބޮޑަށް ބޭނުންވަނީ، އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ވިޔަފާރި އާއި އިންވެސްޓުކުރުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމެވެ.
"މިކަން ހާސިލުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ވަރަށް ތަފާތުކަން ބޮޑު ގޮތަކަށް ރާއްޖޭގެ ހަމައެކަނި އެކްސްޕޯޓު ކަމަށްވާ މަހުގެ ބާވަތްތަކުން ޔޫރަޕިއަން ޔޫނިއަން ނަގާ ޓެކްސް ކުޑަކުރުން،" ޒަމީރު ވިދާޅުވި އެވެ.
މެދު އާމްދަނީގެ ގައުމަކަށް 2013 ގައި ރާއްޖެ ގްރެޖުއޭޓް ވުމާ އެކު އިނގިރޭސި ވިލާތް ހިމެނޭ ގޮތުން އީޔޫގެ ގައުމުތަކުން ދެމުން އައި ލުއި ކަނޑާލައި 24 ޕަސަންޓުގެ ޑިޔުޓީއެއް ނަގަން ފެށި އެވެ.
އެކަމުގެ ސަބަބުން، ރާއްޖެ އިން ޔޫރަޕަށް ބޭރުކުރާ މަހުގެ އަގު ބޮޑުވުމާ ގުޅިގެން، ޑިއުޓީ އަށް ލުޔެއް ލިބޭތޯ ކުރީގެ ސަރުކާރުތަކުން ވެސް އައީ މަޝްވަރާ ކުރަމުންނެވެ.
އެ މަޝްވަރާތަކުން އަލި މަގެއް ފެނިފައިވާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!
އިގުތިސޯދު ފުޅާކުރަން ޔޫއެސްއެއިޑާއެކު މަޝްވަރާކޮށްފި
އިންވެސްޓަރުންނަށް ފަސޭހަކުރަން ގާނޫނަށް ބަދަލު ގެންނަނީ
އީޔޫއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަނީ
ދިވެހި މަހަށް އީޔޫ މާކެޓުން ލުއި ހޯދަން މަޝްވަރާކޮށްފި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ