19 އެޕްރީލް 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވެފައިވާ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވެފައިވާ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ޕުޓިން ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން އެމެރިކާ އުންމީދުކުރި ނަތީޖާ ހާސިލު ނުވި ކަމަށެވެ. ޕުޓިން ވިދާޅުވި ގޮތުގައި އެ ފިޔަވަޅުތައް އެޅުމަށް ފަހު ހުޅަނގުން އުންމީދުކުރީ، ރަޝިޔާގެ މާލީ-އިގްތިސާދީ ހާލަތު ވަރަށް އަވަހަށް އަޑިއަޅާލައިގެން ގޮސް، މާލީ ބާޒާރުތަކަށް ހާސްކަމާއި ނުތަނަވަސްކަން ވެރިވެ، ބޭންކު ނިޒާމުވެސް ބަނގުރޫޓުވެ، ވިޔަފާރިތައް ވެސް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
"އިގްތިސާދީ ގޮތުން ދަތިކުރުމަށް ފެށި ސިއްރު ހަނގުރާމަ އޭގެ ޒާތުގައި ފެއިލްވެއްޖެ. އޭގެ ބަދަލުގައި އެ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ އިގްތިސާދު ވަނީ އަޑިއަޅާލާފައި،" ރަޝިޔާގެ އިގްތިސާދީ ދާއިރާގެ އިސް ބޭފުޅުންނާ އެކުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕުޓިން ވިދާޅުވި އެވެ.
އަސްކަރީ ހާއްސަ ހަރަކާތެއްގެ ނަމުގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، އެ ހަނގުރާމަ ހުއްޓުވުމަށް މަޖުބޫރު ކުރުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާ ސަރުކާރުގެ ބޭންކުތަކާއި ވިޔަފާރި ކުންފުނިތަކާ އެކު، މުއާމަލާތުކުރުން ހުއްޓައިލުމާއި، ހުޅަނގުގެ ގައުމުތަކުގައި ހުރި ރަޝިޔާގެ މަހުޖަނުންގެ މުދަލާއި ފައިސާ ހިފެހެއްޓުން ހިމެނެ އެވެ.
ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ މިއަދު އޮތީ އެ ގައުމަށް ކުރިމަތިކުރި ވަރުގަދަ ފިއްތުންތަކުގެ ކުރިމަތީގައި ފިސާރި ސާބިތުވެ އެވެ. އަދި ދުނިޔޭގެ ވިޔަފާރި ބާޒާރުތަކުގައި ރަޝިޔާގެ ފައިސާ ރުބެލްގެ ބާރު ކުރިއަށް ވުރެ ގަދަވެފައިވާ ކަމަށާއި، އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރަޝިޔާގެ ބައިނަލްއަގުވާމީ ވިޔަފާރި ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް، މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރަޝިޔާގެ ވިޔަފާރީގެ ސާފު ފައިދާ 58 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ބަދަލުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި އިންފްލޭޝަން ރޭޓް އެތައް ގުނައަކަށް މަތިވެ، ދިރިއުޅުމުގެ ފެންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ.
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ރަޝިޔާގެ ގޭހަށް ރުބެލް އިން އަގު ދައްކަން އަންގައިފި
ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުއްޓާލަނީ
ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި