12 ޖުލައި 2022
ބެންކޮކް (ޖުލައި 12) - މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގްގެ ކޯޗު ކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ލިވަޕޫލްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.
ބެންކޮކް (ޖުލައި 12) - މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގްގެ ކޯޗު ކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ލިވަޕޫލްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.
ތައިލެންޑްގައި ކުޅުނު އެގްޒިބިޝަން މެޗުގެ 33 މިނެޓް ތެރޭ ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖާޑަން ސަންޗޯ ޖެހުމުގެ ކުރިން މެޗުގައި ފުރަތަމަ ފުރުސަތު އުފައްދަން މަސައްކަތް ކުރީ ލިވަޕޫލުންނެވެ. އެކަމަކު އޭގެ ފަހުން ބްރުނޯ ފެނާންޑޭޒް ނެގި ހުރަސް ލިވަޕޫލްގެ ޑިފެންޑަރުންނަށް އެކަށީގެންވާ ގޮތަކަށް ދިފާއު ނުކުރެވުމުން ސަންޗޯ ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.
ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތެއް ތަނަވަސް ކުރި އެވެ. ލިވަޕޫލަށް އަލަށް ސޮއި ކުރި ޕޯޗްގަލްގެ ޒުވާން ވިންގާ ފަބިއޯ ކަވާލިއޯ ދިން ބޯޅަ ލުއިސް ޑިއާޒް ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ޔުނައިޓެޑްގެ މާކޯސް ރަޝްފާޑް އާއި ސްކޮޓް މެކްޓޮމިނީ ތަނަވަސް ކުރި ފުރުސަތުތަކުން ލިވަޕޫލްގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖެހީ ފްރެޑް އެވެ. އޭނާ ޗިޕެއް ޖަހައި ފޮނުވާލި ބޯޅަ ދިޔައީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ބޯމަތިންނެވެ.
ޔުނައިޓެޑާއި ލިވަޕޫލް ތައިލެންޑްގައި ކުޅުނު އެގްޒިބިޝަން މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހީ މިދިޔަ ސީޒަންގެ ފަހު ކޮޅު ލޯނު އެއްބަސްވުމުގެ ދަށުން ސެވިއްޔާގައި ހޭދަ ކުރި އެންތޮނީ މާޝިއަލް އެވެ. ސެވިއްޔާގައި ވެސް އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
ބެންކޮކްގެ ރަޖާމަންގަލާ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު ބްރިޓިޝް އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ ދެ ޓީމުގެ މެޗު ބަލަން 80،000 އަށް ވުރެ ގިނަ މީހުން ވަނެ އެވެ. ދެވަނަ ހާފުގައި ދެ ކޯޗުން ވެސް ވަނީ 10 ބަދަލު ގެނެސްފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ ޓީމުގެ މަޝްހޫރު ތަރިން ނެރުނީ ދެވަނަ ހާފަށެވެ. މުހައްމަދު ސަލާހް އާއި 100 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ފަހު ސޮއި ކުރުވި ޑާވިން ނޫނޭޒް ދެވަނަ ހާފުގައި ފުރުސަތުތައް އުފެއްދި އެވެ. އެކަމަކު އެ ބޯޅަ ތަކުގެ ހުރަހަކަށް ވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަދި ގޯލް ދަނޑި އެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ގޭމް ކޮންޓްރޯލް ކުރި އެވެ. ނަމަވެސް ޔުނައިޓެޑްގެ ހަތަރު ވަނަ ފަކްންޑޯ ޕެލްސްޓްރީ ޖަހައި ދިނެވެ. އޭނާ ލަނޑު ޖެހީ 74 ވަނަ މިނެޓްގަ އެވެ.
ޔުނައިޓެޑްގެ ސްޓާ ޕްލޭއާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވެސް ޓީމުގެ ޕްރެކްޓިހާ ނުގުޅެ އެވެ. އޭޏާ ކްލަބް ދޫކޮށްލަން ބޭނުންވާކަން ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާއިން ޚަބަރު ފެތުރި އެވެ. އެކަމަކު ޓެން ހާގް ބުނީ ރޮނާލްޑޯ ޓީމު ދޫކޮށްލަން އުޅޭކަން އޭނާ އަށް އެނގިފައި ނުވާ ކަމަށެވެ.
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ލިވަޕޫލަށް އެއްވަނައަށް ނޭރުނު؛ ގޯސް ހެދީ އަމިއްލައަށް
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް ތާރީހީ ނަތީޖާއެއް
"ލިވަޕޫލް އަތުލަން ޔުނައިޓެޑަށް ބަދަލު ގެންނަން ޖެހޭ"
ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ