12 ޖުލައި 2022
ކްލަބް ވެލެންސިއާގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ހަތަރުވަނަ އަށް ކްލަބް ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.
ކްލަބް ވެލެންސިއާގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ހަތަރުވަނަ އަށް ކްލަބް ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.
މެޗަށް ނުކުތް އިރު ހަތަރުވަނައިގައި ވެލެންސިއާ އޮތީ ގްރީން އަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ގްރީން ވަނީ ވެލެންސިއާގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ހޯދައި ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ ތިން ބުރުގައި ވެސް ވެލެންސިއާގެ މައްޗަށް ގްރީން އިން ކާމިޔާބު ހޯދި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހުއާން ކާލޯސް ހެނާންޑޭޒް އަވީލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ގްރީން އަށް މެޗުގައި ފުރަތަމަ ލީޑް ނަގައިދިނީ ހޯޒޭ އެލެގްޒެންޑާ އަވީލާ އެވެ.
މެޗުގެ ތިންވަނަ މިނެޓް އެލެގްޒެންޑާ ވަނީ ގްރީން އަށް ލިޑް ނަގައިދީފަ އެވެ. ވެލެންސިއާގެ އޭރިއާގެ ބޭރުން އަވީލާ ބޯޅަ ދިނީ އޭރިއާގެ ކަނާ ދިމާލުގައި ހުރި ހަސަން ނަޒީމް ގާސިމް (ޗޯޓް) އަށެވެ. އޭރިއާގެ އަރިމަތިން ނަޒީމް ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށް ދިނުމުން އެލެގްޒެންޑާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ކަނަށް ބޯޅަ ވައްދައިލައިފަ އެވެ.
ގްރީންގެ ނަޒީމް (ވ) އަތުން ބޯޅަ ހޯދަން ވެލެންސިއާ އަމްދާން މަސައްކަތް ކުރަނީ: ގްރީންގެ ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ނަޒީމް. ވެލެންސިއާ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަމްދާން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގެ 29 ވަނަ މިނެޓްގައި ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. ވެލެންސިއާ އަށް ލިބުނު ކޯނަރު އަބްދުﷲ ޔާމީން (ޔާން) ނަގައިދިނުމުން ގްރީންގެ ކީޕަރު ސާގިބް ހަނީފް ދިފާއުކޮށް އޭރިއާ ބޭރަށް ފޮނުވާލި އެވެ. އޭރިއާ ބޭރުން އެ ބޯޅަ ހޯދައި ހަސަން ސުފިއާން އޭރިއާ ތެރެއަށް ނަގައިދިނުމުން އަމްދާން ވަނީ މުޅިން ހުހަށް ހުރެ ބޮލުން ބޯޅަ ފޮނުވައިލައިފަ އެވެ. ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.
މުހައްމަދު ޖައިލަމް އޮގީގެ ބަދަލުގައި، ހުއާން ކާލޯސް ހެނާންޑޭޒް ކުޅެން ނުކުތީ މެޗުގެ 61 ވަނަ މިނެޓްގަ އެވެ. ކުޅުން ނުކުތްތާ ދެ މިނެޓް ފަހުން އޭނާ ވަނީ ގްރީން އަށް ލީޑް ނަގައި ދީފަ އެވެ. އަމިއްލަ ހާފުގެ ތެރެއިން ރިލްވާން ވަހީދު (ކަކާ ރިލޭ) ބާރު ބޯޅަ އެއް ކުރިއަށް ދިނީ ހުއާން ކާލޯސް ހެނާންޑޭޒް ހުސްކޮށް ކުރީގައި ހުރުމުންނެވެ. ކާލޯސް ވަނީ ބޯޅަ ހިފައިގެން ކުރިއަށް އަރައި ވެލެންސިއާގެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެެ.
ވެލެންސިއާގެ ކީޕަރު ފައިސަލް (ކ) އާއި ޑިފެންޑަރު ސިޒާން އެކުގައި ބޯޅަ އަށް މަސައްކަތް ކުރާއިރު ގްރީންގެ ހުއާން ކާލޯސް (ވ) ސިޒާންގެ ފަހަތުގައި: އެ ދެ ކުޅުންތެރިންގެ ތެރެއިން ގޮސް ކާލޯސް ވަނީ ގްރީންގެ ތިން ވަނަ ލަނޑު ޖަހައިފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގްރީންގެ ތިން ވަނަ ލަނޑަކީ، ވެލެންސިއާގެ ޑިފެންޑަރު އަހްމަދު ސިޒާން (ސިއްޕެ) އާއި ކީޕަރު މުހައްމަދު ފައިސަލް އާ ދެ ކުޅުންތެރިންގެ ދެމެދުގައި ހިނގި މިސް އަންޑަސްޓޭންޑިންއެއްގެ ފައިދާ ނަގައި ހުއާން ކާލޮސް ޖެހި ލަނޑެކެވެ. މިފަހަރު ވެސް ހުއާން ކާލޯސް ކުރީގައި ހުރުމުން ގްރީންގެ ހާފުގެ ތެރެއިން ރިލްވާން ބޯޅަ ކުރިއަށް ދިނެވެ. އެ ބޯޅަ ކާލޯސް އަށް ލިބުމުގެ ކުރިން ޑިފެންޑަރު ސިޒާން އަށް ބޯޅަ ކްލިއާކޮށްލަން ވެސް ފުރުސަތު ލ؛ިބުނެވެ. ކީޕަރު ފައިސަލް ވެސް އެ ވަގުތު ބޯޅަ އަށް ކުރިއަށް އެރި އެވެ. ފައިސަލް އާއި ސިޒާންގެ ފަރާތުން ފެނުނު އިޝާރާތްތަކަށް ބަލައި ދެ ކުޅުންތެރިން ވެސް ހީކުރީ އަނެއް ކުޅުންތެރިޔަކު ބޯޅަ ކްލިއާކޯށްލާނެ ކަމަށެވެ.
އެކަމަކު ދެ ކުޅުންތެރިންނަށް ވެސް ފުރުސަތު ނުދީ ކާލޯސް ވަނީ ބޯޅަ ހޯދައިގެން ގޮސް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ. ވެލެންސިއާގެ ދެވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ މިސްރުގެ ފޯވާޑް ހަލީލް ޖަމާލް އެވެ. އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އޭރިއާގެ އަރިމަތިން އަރައި އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ހަލީލް ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
އިލާންއަށް ގޯލާއި އެސިސްޓްގެ ހަގު ކުޅުންތެރިޔާގެ ރެކޯޑް
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
އަޔާން، ލީގުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާ