12 ޖުލައި 2022
ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން ގޮޓާބަޔަ ރާޖަޕަކްސަ މާދަމާ އިސްތިއުފާދެއްވުމުން އެ މަގާމަށް ވާދަކުރައްވާނެ ކަމަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން ގޮޓާބަޔަ ރާޖަޕަކްސަ މާދަމާ އިސްތިއުފާދެއްވުމުން އެ މަގާމަށް ވާދަކުރައްވާނެ ކަމަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވިދާޅުވެއްޖެ އެވެ.
ޕްރެމަދާސަ ބީބީސީ އަށް މިގޮތަށް ވިދާޅުވީ އޭނާގެ ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އިން އެހެން ޕާޓީތަކުގެ ތާއީދު ހޯދަން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.
އާ ރައީސަކު އިންތިހާބުކުރުން މި މަހުގެ 20 ވަނަ ދުވަހު އޮންނާނެކަން މަޖިލީހުގެ ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.
އިގްތިސާދު ހީނަރުވެ ބަނގުރޫޓު ވެފައިވާ ލަންކާގައި މާޗް މަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތައް ކުއްލިއަކަށް ވަރުގަދަވެ ރައީސާއި ބޮޑުވަޒީރު މި ހަފްތާގައި އިސްތިއުފާ ދެއްވަން މިހާރު ވަނީ މަޖުބޫރު ވެފަ އެވެ.
"ރައީސްކަމުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް އަޅުގަނޑުގެ ނަން ހުށަހަޅަން މި ޕާޓީ އާއި އެކުވެރި އެެހެން ޕާޓީތަކުން ވަނީ ލަފާ ދީފައި،" ޕްރެމަދާސަ ބީބީސީ އަށް ވިދާޅުވި އެވެ.
ޕްރެމަދާސަ ވަނީ 2019 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާޔާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އާ އިންތިހާބެއް ބާއްވަންދެން ވެރިކަން ކުރައްވާނެ ބޭފުޅަކު މަޖިލީހުން އިންތިހާބުކުރަން ޖެހޭއިރު ޕްރެމަދާސަ އަށް މި ވަގުތު އެކަން ކާމިޔާބުވާނީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ތާއީދު ވެސް މަޖިލިސް ތެރެއިން ލިބިގެންނެވެ.
ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ ތާއީދު ޕްރެމަދާސައަށް ލިބިވަޑައިގަންނަވަނެ ކަމަށް އޭނާ ޔަގީންކުރައްވަނީ ރައީސް ގޮޓާބަޔައާ ދެކޮޅަށް ސަރުކާރުގެ މެންބަރުންގެ ތެރެއިން ވެސް އެތައް މެންބަރުންނެއް ތިއްބެވުމުންނެވެ. މިދިޔަ ވިއްސަކަށް އަހަރު ލަންކާގެ ސިޔާސި މައިދާން ކޮންޓްރޯލްކޮށްގެން ތިބި ރާޖަޕަކްސަ އާއިލާ ދެކެ އާންމުން މިހާރު ތިބީ ރުޅިގަދަވެފަ އެވެ.
އެންމެ ފުރަތަމަ މުޒާހަރާތައް ހޫނުވި އޭޕްރީލް މަހު އާ ބޮޑުވަޒީރެއް އައްޔަންކުރުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ޕްރެމަދާސަ ވަނީ އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިންކާރު ކުރައްވައިފަ އެވެ. ރަނިލް ވިކްރެމަސިންހާ ބޮޑުވަޒީރު ކަމަށް ގެނައީ އެފަހަރު އެވެ. އެ މައްސަލާގައި ޕްރެމަދާސަ އަށް އާންމުންގެ ނުރުހުން ވެސް އަމާޒުވި އެވެ.
ލަންކާގެ އިންފްލޭޝަން ރޭޓް މި މަހު ވަނީ 55 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަސާސީ ތަކެތި ނުލިބި އާންމު ދިރިއުޅުން ވަނީ ދަތިވެފަ އެވެ.
ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ހުށަހަޅައިފި
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން
ލަންކާގެ އިދިކޮޅު ލީޑަރަކަށް ރަނިލްގެ ބަދަލުގައި ސަޖިތު
ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން ސަޖިތު ވަކިވެވަޑައިގެންފި
ލަންކާ އިންތިޚާބު: ޓާމިނޭޓާ އާއި ޕެޑްމޭންގެ ހިފުމެއް
ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް
ރަނިލް އަށް ޕާޓީ ތެރޭން ގޮންޖެހުންތައް ކުރިމަތިވެއްޖެ
ޔޫއެންޕީގެ ކެންޑިޑޭޓަކާ މެދު ވަނީ އެއްބަސްވެފައި
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި