12 ސެޕްޓެމްބަރ 2019
ކޮލަމްބޯ (ސެޕްޓެމްބަރު 12) - ރިޔާސީ ކެންޑިޑޭޓެއް ނެރުމާ މެދު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ތެރޭގައި އުފެދިފައިވާ މައްސަލަ ހައްލުކޮށް ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސާ ނެރެން އެއްބަސްވެފައިވާ ކަމަށް ސީނިއާ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ސެޕްޓެމްބަރު 12) - ރިޔާސީ ކެންޑިޑޭޓެއް ނެރުމާ މެދު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ތެރޭގައި އުފެދިފައިވާ މައްސަލަ ހައްލުކޮށް ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސާ ނެރެން އެއްބަސްވެފައިވާ ކަމަށް ސީނިއާ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ސްޓޭޓް މިނިސްޓަރު ހަރްޝާ ޑި ސިލްވާ ވިދާޅުވީ ޔުނައިޓެޑް ނޭޝަނަލް ފްރަންޓް (ޔޫއެންއެފް) ގެ ޕާޓްނަރުން ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވެސް ވަނީ އެކަމަށް ތާއީދުކޮށްފައި ކަމަށެވެ.
އެހެން މިނިސްޓަރެއް ކަމަށްވާ ހަރިން ފެނާންޑޯ ވިދާޅުވީ ސަޖިތު ވަނީ ރަނިލްއާ އެކު ވަރަށް ދިގު ބައްދަަލުވުމެއް އަންގާރަ ދުވަހު ބާއްވާފައި ކަމަށާއި އެ ބައްދަލުވުމުގައި ވެސް އެއްބަސްވީ ޔޫއެންޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ސަޖިތު ނެރެން ކަމަށެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަޖިތު ވިދާޅުވީ ފަހުގެ އެއްބަސްވުމަކަށް އައުމަށް އިތުރު ފަރާތްތަކާ އަދި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. ސަޖިތު ކުރިން ވިދާޅުވެފައި ވަނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށެވެ.
ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ސަޖިތަކީ ކުރީގެ ރައީސް ރަހަސިންހަ ޕްރެމަދާސާގެ ދަރިކަލެކެވެ.
ޔޫއެންޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރަނިލް އަމިއްލަ އަށް އިއުލާންކޮށްފައިވާ ކަމަށް ވެސް މި ހަފުތާގައި އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ފަހުން އެކަން ވަނީ ރަނިލްގެ ތަރުޖަމާން ދޮގުކޮށްފަ އެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ރާޖަޕަކްސާގެ ކޮއްކޯފުޅު އަދި ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ.
ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް
ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން
ލަންކާގެ އިދިކޮޅު ލީޑަރަކަށް ރަނިލްގެ ބަދަލުގައި ސަޖިތު
ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސިއްރެއް: ރަނިލް
ރަނިލް އަށް ޕާޓީ ތެރޭން ގޮންޖެހުންތައް ކުރިމަތިވެއްޖެ
ރިޔާސީ ކެންޑިޓޭޓްކަން އިއުލާނެއް ނުކުރަން: ރަނިލް
ޔޫއެންޕީގައި އެތެރޭގެ ކޯޅުމެއް ނެތް: ރަވީ
ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ހުށަހަޅައިފި
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ރަނިލްއަށް 42 އަހަރު ތެރޭ ނުލިބޭވަރުގެ ނާކާމިޔާބީއެއް