08 ސެޕްޓެމްބަރ 2019
ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓްކަން އަމިއްލަ އަށް އިއުލާންކޮށްފައި ނުވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓްކަން އަމިއްލަ އަށް އިއުލާންކޮށްފައި ނުވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރުގެ ތަރުޖަމާން މިއަދު ވިދާޅުވީ ރަނިލް ވިދާޅުވެފައި ވަނީ ރިޔާސީ ކެންޑިޑޭޓަކާ މެދު އެމަނިކުފާން ދެކެވަޑައިގަންނަވާ ގޮތް ޕާޓީގެ ވޯކިން ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެއަށް ފަހު ގޮތެއް ނިންމާނީ އެ ކޮމިޓީން ކަމަށް ރަނިލްއާ ހަވާލާ ދެއްވައި ތަރުޖަމާން ވިދާޅުވި އެވެ.
ޔޫއެންޕީން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގައި މިހާރު ދިމާވެފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕާޓީގެ ސީނިއާ އޮފިޝަލުންތަކެއް އިއްޔެ ވަނީ ރަނިލްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ބައެއް ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރަނިލް ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު ބޮޑު ވަޒީރުގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ވޯކިން ކޮމިޓީން ކަމަށް ރަނިލް ވިދާޅުވެފައިވާ ކަމަށެވެ.
އަންނަ ޑިސެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ޔޫއެންޕީގެ ފަރާތުން ވާދަކުރެއްވުމަށް ޑިޕިއުޓީ ލީޑަރު އަދި ހައުސިން މިނިސްޓަރު ސަޖިތު ޕްރެމަދާސާ ވެސް ގެންދަވަނީ ވަރަށް ބޮޑަށް ކެމްޕޭން ކުރައްވަމުންނެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ރާޖަޕަކްސާގެ ކޮއްކޯފުޅު އަދި ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ.
ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވި ރާޖަޕަކްސާ ބައްދަލު ކުރައްވައި، ސިލްސިލާ މަޝްވަރާތަކެއް ވަނީ ފައްޓަވައިފަ އެވެ.
ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް
ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސިއްރެއް: ރަނިލް
ޔޫއެންޕީގެ ކެންޑިޑޭޓަކާ މެދު ވަނީ އެއްބަސްވެފައި
ޔޫއެންޕީގައި އެތެރޭގެ ކޯޅުމެއް ނެތް: ރަވީ
ރަނިލްއަށް 42 އަހަރު ތެރޭ ނުލިބޭވަރުގެ ނާކާމިޔާބީއެއް
ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން
ލަންކާގެ އިދިކޮޅު ލީޑަރަކަށް ރަނިލްގެ ބަދަލުގައި ސަޖިތު
ކޮއްކޮ އާއި ބޭބެ ވެރިކަމުގައި: ލަންކާގެ ތާރީޚުގައި އާ ކަމެއް
ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވައިފި
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ