07 އޯގަސްޓް 2020
ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ސިޔާސީ ލީޑަރަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ސިޔާސީ ލީޑަރަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
އެ އިންތިޚާބަކީ ރަނިލްގެ 42 އަހަރުގެ ސިޔާސީ ހަޔާތުގައި ޕާލަމެންޓުގައި ގޮނޑިއެއް ނުލިބި ފުރަތަމަ ފަހަރަށް ނާކާމިޔާބުވި ފަހަރެވެ. ރަނިލްގެ ގޮނޑި ކާމިޔާބު ނުކުރެވުނު އިރު ޔޫއެންޕީ އަށް ވެސް ވަނީ ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ.
ނިމިގެން ދިޔަ ޕާލަމެންޓުގައި ޔޫއެންޕީގެ 106 މެންބަރުން ތިއްބެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރަނިލް ވަނީ 500،000 ވޯޓު ހޯއްދަވައިފަ އެވެ.
މިއީ 1978 ވަނަ އަހަރުން ފެށިގެން ރަނިލް ވާދަކުރި އިންތިޚާބުތަކުގައި ޕާލަމެންޓަށް އިންތިޚާބު ނުވި ފުރަތަމަ ފަހަރެވެ. ރަނިލް ވަނީ ޕާލަމެންޓުގައި މީގެ ކުރިން އަށް ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އޭނާ ގެންދަވަނީ 1994 ވަނަ އަހަރުން ފެށިގެން ޔޫއެންޕީގެ ލީޑަރުކަން ކުރައްވަމުންނެވެ. ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އަށް އެންމެ ފަހުން މަގާމު ލިބިވަޑައިގަތީ 2015 ވަނަ އަހަރު އެވެ.
އޮގަސްޓް 2 ވަނަ ދުވަހު ބޭއްވި ކެމްޕޭނުގެ އެންމެ ފަހު ބައްދަލުވުމުގައި ޔޫއެންޕީގެ ލީޑަރު ރަނިލް ޕާޓީގެ ސަޕޯޓަރުންނާ އަތުގެ އިޝާރާތުން ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ޔޫއެންޕީން ވާދަކުރެއްވި ކުރީގެ މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ އަށް ވެސް ވަނީ ގޮނޑި ގެއްލިފަ އެވެ. ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން އަރުޖުނާ ރަނަތުންގާ އަށް ވެސް މިފަހަރު ވަނީ ނާކާމިޔާބުވެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ޕާޓީ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމާ ގުޅިގެން އިސް މެންބަރުންތަކެއް ވަނީ ޔޫއެންޕީ ދޫކޮށް، އެ ޕާޓީގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ސަޖިތު ޕްރެމަދާސާގެ ލީޑަރުކަމުގައި އުފެއްދި ސަމަގި ޖަނާ ބަލަވެގަޔާ ޕާޓީއާ ގުޅިފަ އެވެ.
އަވަހާރަކޮށްލި ކުރީގެ ރައީސް ރަނަސިންހަ ޕްރަމަދާސަގެ ދަރިކަލުން ސަޖިތުގެ ޕާޓީން ވަނީ ވޯޓުގެ 20 ޕަަސެންޓް ހޯދައި، 54 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ކުރިން ވެސް ހީކުރި ގޮތަށް ރާޖަޕަކްސާ ދެބެންގެ ސްރީ ލަންކާ ޕޮޑުޖަނާ ޕާޓީ (އެސްއެލްޕީޕީ) އެވެ. އެ ޕާޓީން 145 ގޮނޑި ކާމިޔާބު ކުރި، ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ވަނީ މަދުވެގެން ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެހެންވެ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައި، އެސްއެލްޕީޕީން ވަނީ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން އެސްއެލްޕީޕީ އަށް ވަނީ 6.8 މިލިއަން ވޯޓު ލިބިފަ އެވެ.
އެސްއެލްޕީޕީން ވާދަކުރެއްވި ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ޕާލަމެންޓުގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާ، 71، އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ، 74، ވަނީ ވައުދުތައް ފުއްދުމަށް ގާނޫނު އަސާސީ އަށް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 16.2 މިލިއަން މީހުންގެ 75 ޕަސެންޓް މީހުން ވޯޓުލީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން
ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވައިފި
ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް
ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސިއްރެއް: ރަނިލް
ޔޫއެންޕީގެ ކެންޑިޑޭޓަކާ މެދު ވަނީ އެއްބަސްވެފައި
ރިޔާސީ ކެންޑިޓޭޓްކަން އިއުލާނެއް ނުކުރަން: ރަނިލް
ޔޫއެންޕީގައި އެތެރޭގެ ކޯޅުމެއް ނެތް: ރަވީ
ރަނިލްގެ ޕާޓީގެ ޕާލަމެންޓް ދެ މެންބަރުން ހައްޔަރުކޮށްފި
ޔޫއެންޕީގެ ހުރިހާ ޕާލަމެންޓް މެންބަރުން ހާޒިރުކޮށްފި
އިސްތިއުފާ ދެއްވަން ރަނިލް ދެކޮޅު ހައްދަވަނީ