17 ފެބުރުއަރީ 2018
ކޮލަމްބޯ (ފެބްރުއަރީ 17) - ސްރީ ލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދިނުމަށް އެތައް ބަޔަކު ގޮވާލި ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.
ކޮލަމްބޯ (ފެބްރުއަރީ 17) - ސްރީ ލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދިނުމަށް އެތައް ބަޔަކު ގޮވާލި ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.
ލަންކާ ސަރުކާރުގެ މުހިންމު ކޯލިޝަން ޕާޓްނަރެއް ކަމަށްވާ ނޭޝަނަލް ހެރިޓޭޖް ޕާޓީ (ޖޭއެޗްޔޫ) އިން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އިން ދައްކައިދީފައި ވަނީ ބޮޑު ވަޒީރު ރަނިލްއާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ކަމަށެވެ.
އިންތިޚާބުގެ ނާކާމިޔާބީގެ ޒިންމާ ރަނިލް ވަނީ ނަންގަވައިފަ އެވެ. އެކަމަކު ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް އިއްޔެ ވިދާޅުވީ އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށާއި 225 މެންބަރުންގެ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އޭނާ އަށް ކަމަށެވެ. އެކަމަކު ޕާޓީގެ ހިންގުމަށާއި ކެބިނެޓަށް ބަދަލުތައް ގެނެސް ސިޔާސީ މައިދާނަށް ޒުވާނުން ނެރޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ބޮޑު ވަޒީރު ރަނިލް މި މޭރުމުން ވާހަކަ ދެއްކެވި އިރު ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ އާއި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް އިން ދަނީ ސަރުކާރެއް އެކުލަވާލުމަށް ޖޮއިންޓް އޮޕޮޒިޝަންގެ ތާއީދު ހޯދަމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި އާ ސަރުކާރުގެ ބޮޑު ވަޒީރަކަށް ހަދަން މަސައްކަތް ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު ނިމާލް ސިރިޕަލާ ޑި ސިލްވާ ކަމަށް ވެސް އަޑުތައް ފެތުރިފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ނާކާމިޔާބުވި އިރު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްއާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ސިރިސޭނާ އާއި ރަނިލް ކެމްޕޭން ކުރައްވާފައި ވަނީ އެ ބޭފުޅުންގެ ޕާޓީ އަށް ވަކިވަކިންނެވެ.
ރައީސް ސިރިސޭނާ މިހާރު ވަނީ އިގްތިސާދީ ހުރިހާ ކަމެއް ބޮޑު ވަޒީރު ރަނިލްގެ އަތުން ނަންގަވައިފަ އެވެ. ސިރިސޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ރަނިލްގެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށެވެ.
ރަނިލްއަށް 42 އަހަރު ތެރޭ ނުލިބޭވަރުގެ ނާކާމިޔާބީއެއް
ބޮޑުވަޒީރުކަން ހޯދުމުގައި ވެސް ޔޫއެންޕީގައި ކޯޅުން
ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވައިފި
ރަނިލް ފަހަތަށް ޖެހިވަޑައިގެން ރިޔާސީ ޓިކެޓް ސަޖިތަށް
ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސިއްރެއް: ރަނިލް
ޔޫއެންޕީގެ ކެންޑިޑޭޓަކާ މެދު ވަނީ އެއްބަސްވެފައި
ރިޔާސީ ކެންޑިޓޭޓްކަން އިއުލާނެއް ނުކުރަން: ރަނިލް
ޔޫއެންޕީގައި އެތެރޭގެ ކޯޅުމެއް ނެތް: ރަވީ
ރަނިލްގެ ޕާޓީގެ ޕާލަމެންޓް ދެ މެންބަރުން ހައްޔަރުކޮށްފި
ޔޫއެންޕީގެ ހުރިހާ ޕާލަމެންޓް މެންބަރުން ހާޒިރުކޮށްފި