Roadha Mihaaru
ޔޫއެންޕީގެ ހުރިހާ ޕާލަމެންޓް މެންބަރުން ހާޒިރުކޮށްފި

ޔޫއެންޕީގެ ހުރިހާ ޕާލަމެންޓް މެންބަރުން ރަނިލް ހާޒިރުކޮށްފި

18 ފެބުރުއަރީ 2018

ކޮލަމްބޯ (ފެބްރުއަރީ 18) - ސްރީ ލަންކާގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ހުރިހާ ޕާލަމެންޓް މެންބަރުން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ހާޒިރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ފެބްރުއަރީ 18) - ސްރީ ލަންކާގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ހުރިހާ ޕާލަމެންޓް މެންބަރުން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ހާޒިރުކޮށްފި އެވެ.

ޔޫއެންޕީގެ ހެޑްކުއާޓަރުގައި ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ކުރުނެގަލަ ޑިސްޓްރިކްޓުގެ މެންބަރު ނަލިން ބަންޑާރަ ވިދާޅުވީ މިހާރުގެ ސިޔާސީ ހާލަތާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ކައުންސިލަރުން އައްޔަން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

ޔޫއެންޕީގެ ވޯކިން ކޮމިޓީ ވެސް މިއަދު ބައްދަލު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ބައްދަލުވުމުގައި ޕާޓީ ރިފޯމް ކުރުމާއި ކޯލިޝަން ސަރުކާރުގައި ކުރިއަށް ދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް ފަރާތްތަކުން ދަނީ ނާކާމިޔާބީގެ ޒިންމާ ނަންގަވާ ރަނިލް އިސްތިއުފާ ދިނުމަށް ވެސް ގޮވާލަމުންނެވެ. އެކަމަކު ރަނިލް ވިދާޅުވެފައި ވަނީ ކޯލިޝަން ސަރުކާރުގެ ދައުރު 2020 ވަނަ އަހަރު ހަމަވަންދެން ސަރުކާރުގައި ދެމިހުންނަވާނެ ކަމަށެވެ.