Roadha Mihaaru
ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން ސަޖިތު ވަކިވެވަޑައިގެންފި

ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން ސަޖިތު އިސްތިއުފާ ދެއްވައިފި

17 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 17) - ސްރީ ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމާ އެކު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ނިއު ޑިމޮކްރެޓިކް ފްރަންޓް (އެންޑީއެފް) ގެ ރިޔާސީ ކެންޑިޑޭޓް ސަޖިތު ޕްރަމަދާސާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިންތިޚާބު ކާމިޔާބު ކުރެއްވި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ އަށް މަރުހަބާ ދެންނެވުމަށް ނެރުނު ބަޔާނުގައި ސަޖިތު ވިދާޅުވީ ސިޔާސީ ކުރިމަގާ މެދު ގޮތެއް ނިންމުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަ (ކ) ޕާޓީގެ ލީޑަރު ރަނިލް (މ) އަދި ކަރޫ ޖަޔަސޫރިއާ. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަ (ކ) ޕާޓީގެ ލީޑަރު ރަނިލް (މ) އަދި ކަރޫ ޖަޔަސޫރިއާ. --ފޮޓޯ:އޭއެފްޕީ

"ވޭތުވެދިޔަ 26 އަހަރު އަޅުގަނޑު ދިޔައީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން. އެ މުއްދަތުގައި އަޅުގަނޑު ދިޔައީ ރައްޔިތުންނަށް ޚިދުމަތް ކުރެވެން އޮތް ކޮންމެ ގޮތަކުން ޚިދުމަތް ކުރަމުން. އޭގެ ތެރޭގައި އަޅުގަނޑުގެ އުފަން ހަމްބަންޓޯޓާގެ ރައްޔިތުންނާއި އަޅުގަނޑުގެ އެހީ އަށް އެދުނު ކޮންމެ މީހަކު ހިމެނޭ. ހައުސިން މިނިސްޓަރެއްގެ ހައިސިއްޔަތުން ވޭތުވެދިޔަ ފަސް އަހަރު ޚިދުމަތް ކުރުމަކީ އަޅުގަނޑަށް ލިބުނު ޝަރަފެއް. ރައްޔިތުންގެ ނިންމުމުގެ އަލީގައި އަޅުގަނޑު މި ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދީފައި،" ސަޖިތު، 52، ގެ ބަޔާނުގައި ވިދާޅުވި އެވެ.

ސަޖިތު ވަނީ ދެން އުފެދޭ ސަރުކާރަކުން އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެންޑީއެފްގެ ކެންޑިޑޭޓަށް ތާއީދުކުރީތީވެ އެ ކޯލިޝަނުގެ އެއްވެސް ސަޕޯޓަރަކާ ދެކޮޅަށް ދައުވާ ނުކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ޔޫއެންޕީގެ ކެންޑިޑޭޓް ސަޖިތު ވޯޓު ލެއްވުމަށް ފަހު ދެލިން މާކްކޮށްފައިވާ އިނގިލި ދައްކާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ކެންޑިޑޭޓް ސަޖިތު ވޯޓު ލެއްވުމަށް ފަހު ދެލިން މާކްކޮށްފައިވާ އިނގިލި ދައްކާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ސަޖިތަކީ ސިޔާސީ އާއިލާއެއްގެ ބޭފުޅެކެވެ. ބައްޕާފުޅު ކުރީގެ ރައީސް ރަނަސިންހަ ޕްރަމަދާސާ އަވަހާރަކޮށްލީ 1993 ވަނަ އަހަރުގެ މެއި ޑޭގެ އެއްވުމެއްގައި ތަމަޅަ ޓައިގަރުން ދިން އަމިއްލަ އަށް މަރުވުމުގެ ހަމަލާއެއްގަ އެވެ. ދެ ބެންގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ބޭފުޅާ ކަމަށްވާ ސަޖިތު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މެދުފަންތީގެ އާއިލާތަކަށް ގެ އަޅުއްވައިގެން ވަނީ އެތައް ބައެއްގެ ލޯބި ހޯއްދަވައިފަ އެވެ.